ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ސާރާ އަލީ ޚާން ހުރީ ރާއްޖޭގައެވެ. އުމުރުން 25 އަހަރުގެ ސާރާ ރާއްޖެއައިސްފައި މި ވަނީ މި ހަފްތާ ކުރީކޮޅުގައެވެ. އޭނާ ރާއްޖެ އައިސް ކުރާ ކަންކަން މީސް މީޑިއާގެ ސަމާލުަކަމަށްވެސް ގެނެސްދެމުންދެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ މަންމަ އަމްރީތާ ސިންގ އާއި ކޮއްކޮ އިބްރާހިމް އާ އެކުގައެވެ.

ސާރާ މީގެ ކުރިންވެސް ރާއްޖެ އައިސްފައި ވެއެވެ. މިފަހަރު އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ވޮއްމުލި ރިސޯޓުގައެވެ.

ސާރާ ރާއްޖެ އައިސް ކުރާ ކަންކަން މިހާރު މީސް މީޑިއާގެ ސަމާލުކަމަށް ދަނީ ގެންނަމުންނެވެ. އެގޮތުން އޭނާ ޔޯގާ ޖައްސާ ވީޑިއޯތަކާއި ބީޗްގައި ވަގުތު ހޭދަކުރާ ފޮޓޯތަަކާއި ވީޑިއޯތައް ދަނީ އާއްމު ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ސާރާ ވަނީ އާއިލާއާއެކު ޑީނާ ޑޭޓަަކަށް ގޮސް ނަގާފައިވަ ފޮޓޯއެއްވެސް ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

އަދި މީގެ ކުރިން އޭނާ ވަނީ ރާއްޖެއައިކަން އެންގުމުގެ ގޮތުން އެ ރިސޯޓުގައި މޫދު ކައިރީގައިި ހުރެ ފޮޓޯތައް ނަގާ ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކޫލީ ނަމްބަރު 1 އިންނެވެ. އެ ފިލްމްގައި އޭނާއާއެކު ވަރުން ދަވަންވެސް ފެނިގެން ދިޔައެވެ. އޭނަ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަތްރަންގީ ރޭ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފރފރ

    އޭނާ ފުރަތަމަ އައި ފަހަރު ދޯންޔެއް ދިއްވަން ދިޔަ ފޮޓޯ އެބައިންތޭ؟

    1
    1