ކުރީގެ ޖެންޑާ މިނިސްޓާރ އައިޝަތު ޝިދާތާ ޝަރީފަކީ ސިޔާސީ ދައިރާގައި އުޅުއްވާ އަންހެން ބޭކަނބަލުންގެ ތެރެއިން ފާހަަގަކޮށްލެވޭ އެކަކެވެ. ގިނަބަޔަކު ދަންނަ އެއް ސިޔާސީ ޕޯޑިއަމްތަކުގައިވެސް ތޫފަރިތަ ކަނބަލެކެވެ. އޭނާ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވި ހިސާބުން، ދާއިރާގައި ކޮންމެެވެސް ވަރަކަށް އަޑުކެނޑިގެން ދިޔަ ނަމަވެސް، އޭނާ ފިލްމީ ތަރި އަހްމަދު ޒިޔާ އާ ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތަކާއެކު އަޑުތައް މި ވަނީ ގަދަވެފައެވެ.

ޒިޔާ އާ އިންނަން ޝީދާތާ ރަންކީ ރޭގެ ވަގުތެއްގައެވެ. އެ ހަފްލާ ރޭ ބާއްވާފައިވާއިރު، މި މީހުންގެ ލޯބީގެ ގުޅުން ފެށުނު ގޮތް ބަލާލަން އެބަ ޖެހޭތާ އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ޝިދާތާ ވިދާޅުވީ، ދެ މީހުން، ދެ މީހުންނަށްވެސް އަބަދުވެސް އެނގޭ ކަމަށާއި، ދެ މީހުން ދިމާވީ ހާއްސަ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އެނގޭ ދޯ ޕަބްލިކް މީހުން ވީމަ، ވަކި ހާއްސަ، ނޭނގެ ދިމާވީ އެހެންނޭ މިހެންނޭ ބުނާކަށް".

ޝިދާތާ ވިދާޅުވީ، ދެ މީހުން ޑޭޓް ކުރާ ގޮތަށް ވާހަކަދައްކަމުންދާތާ އަދި ވާނީ ތިން މަސް ކަމަށެވެ. އަދި ކައިވެނި ކުރަން ނިންމި ހިސާބުން ރަންކިޔުމާއި ކަންކަންވެސް ކުރިއަށްގެންދިޔައީކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި އަންނަ މަންތްގަ އިންޝާﷲ /ކައިވެނި ކުރާނީ/، މި އަންނަ މަހުގެ 21 އަށް ބޮޑަށް މި ބަލަނީ"، ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ފާހަގަކުރެއްވި ގޮތުގައި، ޒިޔާއަކީ ފިލްމް ކުޅޭ މީހަކަށް ވެފައި، އަދި ސިޔާސީ ޕާޓީއެއްގައި ޒިޔާ އުޅޭތީއާއެކު އެކި މުނާސަބާތަކުގައި ދިމާވެފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަކުރުބެ

    ކުރީގެ ފިރިމީހާ ކައިރިން ވަރިވި ސަބަބުވެސް އަހާލިނަމަ !

    22
    6
    • ހަގީގަތއ

      މަވެސް ހިތަށް އަރާ ސުވާލެއް އެއީ ކުރީގެ ފިރިމީހާ ކައިރިން ވަރިވީ ކިއްވެތޯ

      12
  2. ލާދީނީ އަންނި

    ބަކުރުބެ ނުލިބުމުން ކުރީގެ ފިރިމީހާ ކައިރިން ވަރިވީ.

    8
    1
  3. އާސިދާ

    ތިޔަ އިނގުނީ ސިދާތާ މެންގެ އަސްލު ފެންވަރި..

    9
    1
  4. މުބީނު

    ޕްޔާރ ކްޔާ ތޯ ޑަރުނާ ކްޔާ ؟ ލޯބި ވެވިއްޖެ ނަމަ ބިރު ނުގަންނާށޭ.

  5. ހެހެހެ

    ހެހެ ފެށީތަ؟

  6. ނަޔާ

    ޑޭޓް ކުރަނިއްޔޯ ހަހަ ލަދުން ބޯ ހަލާކު!!!

  7. އިމީ

    އެހެންވެ ދޯ މިހާރު އެހާވަރަށް ލިޕްސްޓިކް ޖައްސާފަ އެހުންނަނީ

  8. ނަފުރަތު

    ކަލޭމެންނަށް އެހެން ދުވަހެއް ނުފެނުނީތަ؟! މަގޭ އުފަން ދުވަސް ޚަރާބުވީ..!

  9. ސުންބުލާ

    ދީން ވެރި އެއްކަމަށް ދެއްކިގެން އެފަދަ މީހަކާ ކައިވެނި ކުރިޔަސް .އެ ދޭކަން އެކުނުވާނެކަން ސިދާާގެ ހަޔާތުން ފެނިއްޖެ. މިހާރު ތިފެނެނަނީ އަސްލު.