އައުރަ ނިވާ ނުވާ ގޮތަށް އަންހެނަކު ހެދުން އަޅައިގެން ހުރެ، ބުރުގާއެއް އަޅާފައި ހުރުމުން ފާޑުކިޔުން އަމާޒުވިއެވެ. އޭނާ ހެދުން އަޅާފައި ހުރިިއިރު، ހުރީ އަތް ކުރު އެއްޗެއްލައިގެންނެވެ. އެކަމަކު ބުރުގާއެއް އަޅާފައި ހުއްޓެވެ.
އެ ފޮޓޯ އާއްމު ކުރި ޕޭޖުން ބުނެފައިވާގޮތުން، އަވަސް ކުރަން ހަދައިގެން ޖީންސް ލާން ހަނދާން ނެތުނީއެވެ.
އެ ޕޭޖުން ފޮޓޯ އާއްމުކޮށްފައި އެއީ ކޮންތަނެއްކަން ހާމަކޮށްފައިނުވާއިރު، އެތައް ބަޔަކަށް ސުވާލު އުފެދިގެން ދިޔައީ އެއީ ރާއްޖެ ތޯ ނުވަތަ ނޫންތޯއެވެ. އެހެން ނަަމަވެސް މިހަރު ލިބުނު މައުލޫމާތުން އެއީ ރާއްޖެކަން މި ވަނީ ކަށަވަރުވެފައެވެ.
އެއީ ހުޅުމާލެ އެވެ.
ނަމަވެސް އެ ފޮޓޯއިން ފެނިގެން ދަނީ ދިވެހިން ނޫންކަން ވަަރަށް ބޮޑަށް ބެލެވެއެވެ.
މައުލޫމާތު އެނގޭ މީހަކު ބުނެފައިވާގޮތުގައި، އެއީ ފިލިޕީންސްއަށް ނިސްބަތްވާ ދެ މީހެކެވެ. މިއީ ކޮން އިރެއްގެ ފޮޓޯއެއްކަން ނޭނގުން ނަމަވެސް، މިއީ ބުރުގާ އަޅާ މީހުންނަށް ޖޯކު ޖަހާ ވައްތަރަށް ބުރުގާ އަޅައިގެން އުޅޭ މީހެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ. އެހެން ނޫނީ ޖެއްސުމަށް ބުރުގާ އަޅާފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ނޫނީ މަޖަލަށް ކުރިކަމެއް ކަމަށްވެސް ވެދާނެއެވެ.
ހުރިހާ ކަމަކާވެސް ބެހެން ޖެހޭތަ؟
ކަލޭތަ އެއީ؟؟
މިއީ އެނެއްދިވެހި ރާއްޖެ މިހާރު ލާދީނީ ދިވެހި ރާއްޖެ.
އެއީ ހުޅުމާލެ އެއް ނޫން އެއީ ބ.އެޓޯލް ގެ ރިސޯޓެއްކަމަށް ބެލެވެނީ .... ނިކަން ގޫގުލް ކޮއްލަބަ.... ވަކަރު އައިލެންޑް ކަމަށް ބުނަނީ
ހަދާންނެތިގެން ވީ ކަމަކަށްވެސް ވެދާނެ
ވެދާނެ ދޯ ޑޮކްޓަރު ބުނީ ކަމަށް ބޯ ނިވާ ކުރަަން. އެހެން މީހުން ކުރާ ކަންތަކަށް ފާޑު ކިޔުން ދިވެހިންގެ ކަމަކީ. ތިމާ މީހާއަށް އުޅެވޭ ގޮތެއް ނުފެނޭ
މީ އަޅުގަނޑުމެން ބޭނުން ވާގޮތް.
މިކަން ނޫހުގައި އިޝްތިހާރުކުރުމުން މިއީ އޭނާއަށް ލިބޭ ދެރައެއް އަދި ޝައިތާނާ އަށް ލިބޭ ކުރިއެރުމެއް! އޭނާ އަށް ނަސޭޙަތްދީ މިކަން ރަގަޅު ކުރުމީ އިސްލާމް ދީނަށް ލިބޭ ކުރި އެރުމެއް!
މިކަންވެސް އޮޅުވާލަންވެގެން މީ ޕިލިޕީންސް މީހެކޭ އޭއްޗެކޭ މީއްޗެކޭ ކިޔަން ފަށައިފި. ކޮންމެ އެއްޗެއޭ ބުންޏަސް މީ ދީނަށް ފުރައްސާރަކުރުން ނޫން ކަމަކަށް ނުވާނެ.
ވަރަށް ރީތިކޮށް އެޑިޓްކޮށް ފައިވާ ފޮޓޮއެއް. ބްރިލިއަންޓް.