މާބޮޑަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔަ ފިރިހެނެއްގެ ހަށިގަނޑުން 4100 ހިލަކޮޅު ނަގައިފިއެވެ.

އިންޑިއާގެ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިޔަ އެ މީހާގެ ހަށިގަނޑުން އެ ހުރިހާ ހިލަކޮޅުތަައް ނަގަން ގާތްގަނޑަކަށް ދެ ގަޑިއިރާއި ފަސް ގަޑިއިރާއި ދެމެދުގެ ދިގު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

އެ ހިލަކޮޅުތައް މާބޮޑު ނޫނަސް ޑޮކްޓަރުން ހެދި ސީޓީ ސްކޭންއިން އެ ހިލަތައް ނުފެނުނު ނަމަވެސް، ވަގުތުން ޑޮކްޓަރުން އޮޕަރޭޝަން ކުރިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކްރިޝްނާރާ ހޮސްޕިޓަލްގައި އެ މީހާ އޮޕަރޭޝަން ކުރިއިރު، އެ މީހާއަކީ މީގެ ކުރިން އެއްވެސް ބޮޑު ބައްޔެއް ޖެހުނު މީހެއް ނޫނެވެ. އެހެން ނަމަވެސް ކުއްލިއަކަށް އޭނާ ހޮސްޕިޓަލަށް ދާން ޖެހުނީ މާބޮޑަށް ބަނޑުގައި ރިއްސާތީ ކެތް ނުވެގެންނެވެ.

އޭނާ ބެލި ޑޮކްޓަރުން ބުނިގޮތުގައި، އޭނާގެ ސޮނޯގްރަފީ ހެދިއެވެ. ސީޓީ ސްކޭން، ލިވާ ޓެސްޓާއި އިތުރު ޓެސްޓުތައްވެސް ހެދިއެވެ. މި ޓެސްޓުތަކުން އޭނާގެ ހަށިގަނޑުގައި ހިލަ ހުރިކަން ޑޮކްޓަރުންނަށް ދެނެގަނެވުނު ނަމަވެސް، އެހާ ބައިވަރި ހުރެދާނެކަމަށް ޑޮކްޓަރުން ގަބޫލެއް ނުކުރެއެވެ.

އާއްމުކޮށް މިގޮތަށް ކުރާ އޮޕަރޭޝަނެއްގައި ނަގަނީ 20 ވަރަަކަށް ހިލަކޮޅެވެ. ޑޮކްޓަރުން ބުނީ، އެހާ ބައިވަރު ހިލަކޮޅުތަކެއް މީހެއްގެ ހަށިގަނޑުން ނެގުމުން ގުނަން ބޭނުންވީ ކަމަށާއި، އޭނާގެ ހަށިގަނޑުން 4100 ހިލަކޮޅު ނަގާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާފުތާ

    ރާއްޖޭގަވެސް އެބައުޅޭ ތީގެ ކުއްޖެއް ނިކަން މަހަށް ދާހިތްވާނެ އޭނަ

  2. ާައައްޔަ

    ހަމަ 4100 ހިލަކޮޅުތަ؟