ހަނޑުލަކީ ދިވެހިންގެ މައިގަނޑު ކެއުމުގައި މައި ރޯލެއް އަދާކުރާ އެއް ކާނާގެ ބާވަތެވެ. ހަނޑުލުން ބަތް ކައްކައިގެންނާއި ބޯކިބާ އަދި އެ ނޫން ވެސް ކެއުންތައް ތައްޔާރުކުރާ އިރު ކެއްކުމުގެ ކުރީން އެންމެން ވެސް ހަނޑޫ ދޮވެއެވެ. އެއީ ހަނޑުލުގައި ހުންނަ ހަޑިތައް ފިލުވާލައި ސާފުކޮށްލުމުގެ ބޭނުމުގައެވެ. ހަނޑޫ ދޮވެފައި ހުންނަ ފެނަކީ އޭގެ ބޭނުން ކުރެވޭ ފެނެއް ކަމަށް ބުނެފިއްޔާ ގަބޫލު ކުރާނީ މަދު ބައެކެވެ.

ހަނޑޫ ފެނަކީ އެ ފެނުން އެތައް ފައިދާތަކެއް ވާ ފެނެކެވެ. އެ ފެނުގައި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އެތައް އިންސައްތަ އަކަށް އެކުލެވިގެން ވެއެވެ. ކެއްކުމަށް ހަނޑޫ އަޅާފައި އޭގެ ތެރެއަށް އިތުރަށް ފެން އަޅައި ފަހުން އެ ފެން ނަގައި ހިހޫކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ.

ފޮޓޯ: ގޫގުލް

ހަނޑޫ ފެނުގައި އެމިނޯ އެސިޑާއި އެންޓިއޮކްސިޑެންޓު އަދި މިނެރަލްސް ވެސް ގިނަ އަދަދަކަށް އެކުލެވޭ އިރު ހޫނު ވެގެންނާއި ކަރު ހިއްކާފައި ހުންނަ ވަގުތު އަދި މި ފެން ބުއިމުން ކަރު ހިއްކުންވެސް ފިލާ ކަމަށް ބުނެވެއެވެ. އަދި ވަރުބަލިކަން އިހުސާސް ކުރެވޭ ދަނޑިވަޅުތަކުގައި ވެސް ހަނޑޫ ފެނަކީ ބޭނުންކުރުން ވަރަށް ރަނގަޅު ފެނެކެވެ.

ހަޖަމްކުރުމުގެ ނިޒާމަށް ވެސް ހަނޑޫ ފެނަކީ އެހާ ބޭނުންތެރި އަދި ފަސޭހައިން ލިބޭ އެކައްޗަށްވާ އިރު ބޭރަށް ހިނގުމާއި ކާނާ ވިހަވެގެން އުޅޭ ފަރާތްތަކަށްވެސް ހަނޑޫ ފެނުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި ކުޑަ ކުދީންނަށް ދިމާވާ އެއް މައްސަލަ ކަމަށްވާ ބޭރަށް ހިނގުމުންވެސް ހަނޑޫފެން ބޭނުން ކުރުމުން ލުޔެއް ލިބިގެންދާނެއެވެ.

ފޮޓޯ: ގޫގުލް

ބަތަކީ ތުއްތު ކުދީންނަށް އެ ކުދީން ކާންދޭ އުމުރަށް އެޅުމުން ދޭން އެންމެ އެދެވޭ އެއް ކާނާއަށްވާ އިރު ތުއްތު ކުދީންނަށް ބަތް ކާންދޭއިރު ވެސް ތަންކޮޅެއް ގިނައިން ބަތަށް ފެން އަޅައިގެން ދިނުމުން ހަޖަމު ކުރުމަށާއި ފަސޭހައިން ދިރުވާލުމަށްވެސް ފަސޭހަވެއެވެ.

ފޮޓޯ: ގޫގުލް

ހަނޑޫ ފެނަކީ އެ ފެނުން އެތައް ބޭނުމެއް ކުރެވޭ ފެނަކަށް ވާއިރު އެތެރެހަށީގެ މައްސަލަތަކާއި ބޭރުގެ ކަންކަމަށްވެސް ހަނޑޫފެނުން ފައިދާތަކެއް ވާކަން ވަނީ ހޯދިފައެވެ. އެގޮތުން މޫނުގައި އޮށާރަ ނަގާ ފަރާތްތަކަށް ވެސް ހަނޑޫ ފެނުގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެއެވެ. ކަފަކޮޅަކުން ހަނޑޫ ފެނުން މޫނު މަސާޖު ކުރެވިދާނެއެވެ.

ހަނޑޫ ފެނުގައި ވިޓަމިން އޭ، ބީ އަދި ކޭ ހިމެނޭއިރު ހަންގަނޑު އޮމާން ކުރުމަށާއި ރީތިކުރުމަށްވެސް މި ފެން ބޭނުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު