އެމެރިކާގެ ވާޖީނިއާ ސްޓޭޓްގެ އަންހެނަކު ފަސް ދަރިން މަރާލުމަށް ފަހު ގޭގައި އަލިފާން ރޯކޮށް އަމިއްލައަށް މަރުވެއްޖެއެވެ.

އޮރެއާނާ މެޔާސް ނަމަކަށް ކިިޔާ އުމުރުން 25 އަހަރުގެ މި އަންހެން މީހާ މި މަހުގެ ފަސް ވަނަ ދުވަހު ފަަސް ދަރިން މަރާލުމަށް ފަހު ގޭގައި ހުޅު ރޯކޮށް އަމިއްލައަށް މަރުވެފައިވާ ކަމަށް "ޑެއިލީމެއިލް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި މަރާލި ފަސް ދަރިންގެ ތެރޭގައި ހިމެނެނީ އޮރެއާނާގެ ތިން ދަރިންނާއި އޭނާގެ ދެ ދޮން ދަރިންނެވެ.

އޭނާ ވަނީ މަރުވުމުގެ ކުރިން ގޭގެ ދޮރުމަތީގައި "ނުބައި ވަސްވާސްތަކާއި ދެކޮޅު ހަދާނެ ހިތްވަރު" ނެތް ކަމަށް ލިޔެެފައެވެ. އޭނާ އެ ފަސް ދަރިންވެސް މަރާލާފައި ވަނީ ބަޑިޖަހައެވެެ. އެމެރިކާ ފުލުހުން މިކަން ހާމަކޮށްްފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޮރިއާނާ ބަޑިޖަހާ މަރާލި އޭނާގެ ދެ ދޮން ދަރިންނަކީ އޭނާގެ ފިރިމީހާ އެެހެން މީހަކާއި ކައިވެނިކޮށްގެން އެކައިވެންޏަށް ލިބިފައިވާ ދެ ދަރިންނެވެ.

އޭނާ މި އަނިޔާވެރި އަމަލު ހިންގާފައި ވަނީ ފިރިމީހާ ދެކެ ރުޅި އައިސްގެން ކަމަށްް ވެއެވެ. ކުދިންގެ ހަށިގަނޑުތައް ފެނިފައި ވަނީ ހުޅު ރޯކޮށްލި ގޭތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު