ރީތިކަމުން މުޅި ދުނިޔެއަށް ވެސް މަޝްހޫރު ހޮލީވުޑްޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އާއި ވައްތަރުވުމަށް މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. ޚާއްސަކޮށް ތުންފަތް ބޮޑު ކުރަން ހަދާ ސަރޖަރީތަކާއި އެ ނޫނަސް ހަށިގަނޑަށް ގެންނަ އެތައް ބަދަލުތަކަކާއި އެކު އެންޖެލީނާ އާއި ވައްތަރުވާން އެތައް ޚަރަދެއް ދަނީ ކުރަމުންނެވެ. މިގޮތަށް އެންމެ މަޝްހޫރުވި މީހަކީ ސެހެރް ކިާ އީރާނުގެ އަންހެނެކެވެ. އެތައް ސާޖަރީތަކެއް ހަދައި ''ޒޮމްބީ އެންޖެލީނާ ޖޯލީ''ގެ ނަމުން މަޝްހޫރުވެފައިވާ ސެހެރް ތަބަރް 10 އަހަރަށް ޖަލަށް ލިއެވެ. އޭނާ ޖަލަށް ލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މީގެ ދެ ހަފްތާ ވަރު ކުރިން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައިވާއިރު، އޭނާގެ އަސްލު ސިފަ މީޑިއާތައް ކުރިމަތީ ވަނީ ދައްކާލާފައެވެ. އޭނާގެ އަސްލު ސިފަ ދައްކާލާފައި ވަނީ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ކަމަށް ވާއިރު ޓަބަރްގެ އަސްލު ނަމަކީ ފާތްމެހް ޚިޝްވަންދް އެވެ. އީރާނުގެ ކޯޓަކުން އޭނާ 10 އަހަރަށް ޖަލަަށްލިއިރު، އޭނާގެ ލޯޔަރުން ވަނީ އޭނާ ސަލާމަތް ކުރަން ބޮޑެތި މަސައްކަތްތަކެއް ވެސް ކޮށްފައެވެ.

ޚިޝްވަންދް ހައްޔަރު ކޮށްފައި ވަނީ އެ ގައުމުގެ ސަގާފީ ކަންކަމާއި މުޖުތަމައު ގަބޫލު ނުކުރާ ވިސްނުންތައް ފެތުރުމާއި ކޮރަޕްޝަނާއި ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ފަދަ ގޮތަކަށް އޭނާގެ އިންސްޓަގްރާމް އެކަންޓުގައި ވާހަކަ ދެއްކުމާއި ގުޅިގެން ކަމަށް ވާއިރު މިއީ އެ ގައުމުގައި އެހާ ލުއިކޮށް ނަގާ ކަންކަމެއް ނޫނެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ނަމަވެސް އޭނާގެ އަސްލު ސިފަ މިހާރު އިނގޭތީ އެކަމާއި ކަންބޮޑުވެ އިންސްޓަގްރާމްގައި އުޅޭ ބައއް މީހުން ދަނޫ އޭނާ އަށް ރައްކަތެރިކަން ފޯރުުކޮށްދިނުމަށް އެންެޖެލީނާ އަށް ގޮވާލަމުންނެވެ. އެންޖެލީނާ އަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހެއް ކަމުން ޚިޝްވަންދް އަށް ގެއްލުމެއް ވުމުގެ ކުރިން އެންޖެލީނާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޭނުން ދަނީ ގޮވާލަމުންނެވެ.

ޚިޝްވަންދް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އިތުރުން، މީސް މީޑިއާ އެކްޓިވިސްޓުންނާއި އެކުގައި ކަމަށް ވާއިރު އޭނާ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު އޭނާގެ މޫނަށް ގޮތްގޮތް ހަދާލައި އިންސްޓަގްރާމްއަށް ފޮޓޯލުމުންނެވެ.