ނުކުރާ ކުށަކަށް، ފަސް އަހަރު ދުވަހުގައި ޖަލުގައި ހޭދަކުރުމަށްފަހު، އުއްތަރްޕްރަދޭޝްއަށް ނިސްބަތްވާ ދެމަފިރިޔަކު މިހާރު އެ ދަނީ އެ މީހުންގެ ދަރިންކޮޅު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މީހުން ޖަލުން ދޫކޮށްލިތާ އަދި ވީ އެންމެ ދުވަހެކެވެ. ދަރިންކޮޅު ވީތަނެއް ނޭނގެއެވެ. އެ މީހުން ޖަލަށްލިއިރު، ދަރިން ވަރަށް ކުޑަ އެވެ.

ދެ ކުދިން ތިބޭ މި ދެމަފިރިންގެ ބޮޑު ފިރިހެން ދަރިފުޅަށް އެއިރު ވާނީ ފަސް އަހަރެވެ. ދެން ހުރި އަންހެން ކުއްޖާއަށް ވާނީ ތިން އަހަރެވެ. އެ ކުދިން އެއިރު ފޮނުވާލީ ޔަތީމުޙާނާ އަކަށެވެ. އެހެން ނަމަވެސް މިހާރު އެއްވެސް މީހަކަށް އެ ކުދިން ވީތަނެއް ނޭނގެއެވެ.

އިންޑިއާ ފުލުހުން އުމުރުން 40 އަހަރުގެ ނެރެންދްރާ ސިންގ އާއި އޭނާގެ އަންހެނުން އުމުރުން 30 އަހަރުގެ ނަޖްމާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރު އަގްރާއިންނެވެ. އެއީ ފިރިހެން ކުއްޖެއްގެ މަރުގެ މައްސަލައެއްގައެވެ.

އެ ދެމަފިރިން ކޯޓުން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ،ކުށެއް ނެތް ދެމަފިރިޔަކު ޖަލުގައި ފަސް އަހަރު ހޭދަކޮށްފައިވާއިރު، އަސްލު ކުށްވެރިޔާ ހުރީ އަދިވެސް ދޫވެފައި ކަަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރި އޮފިސަރަށް ފިޔަވަޅު އަޅަން ކޯޓުން އެދިފައި ވެއެވެ. އަދި މިހާރު ހުރީ ހެކިތަކަށް ބިނާކޮށް، އެ މަައްސަލަ އަލުން ތަހުގީގުކޮށް، މި މައްސަލާގައި ކުށްވެރިޔާ އަސްލު މީހާ ހޯދުމަށް ކޯޓުން އަމުރުކޮށްފައި ވެއެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރި އޮފިސަރާއެކު މަސައްކަތް ކުރި ސަބް އިންސްޕެކްޓަރ ވަނީ ކޯޓުގައި އޭނާ އެކަމާއި މާބޮޑަށް އުޅެފައި ނުވާކަން އެއްބަސްވެފައެވެ.

ނަރެންދްރާ ހައްޔަރުުކުރިއިރު، އެއިރު މަސައްކަތް ކުރަމުން ދިޔައީ ޓީޗަރެއްގެ ގޮތުގައެވެ.އަދި އެ މީހުން މަރުގެ މައްސަލައެއްގައި ހައްޔަރުކުރިއިރު ދެ ދަރިންވެސް ވަރަށް ކުޑަވާނެ ކަމަށާއި، އެ ކުދިންގެ ކުށަކީ ކޮބައިތޯ އޭނާ ސުވާލުކޮށްފައި ވެއެވެ.

އަދި މިހާރު އެ މީހުން ސަލާމަތްވެގެން އައިއިރު، ކުދިން ވީތަނެއް ނޭނގޭ ކަމަށް އެ މީހުން ބުނެފައި ވެއެވެ.

މި ދެމަފިރިން ޖަލުން ސަލާމަތްވޭތޯ މީގެ ކުރިންވެސް މަސައްކަތްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެހާވަރަށް ފައިސާ ނެތުމުން ހައިކޯޓާއި ހަމައަށް މައްސަލަ އޮތީ ނުގޮސް އެވެ.

ދެމަފިރިންގެ ލޯޔަރު ޓައިމްސް އޮފް އިންޑިއާއަށް ބުނީ، އެ ކުއްޖާގެ މަރަށްފަހު ދެމަފިރިން ހައްޔަރުކޮށްފައި ވަނީ އާއްމުން ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށެވެ. އަދި އެ މީހުން ޗާޖް ޝީޓް ފޮނުވާފައި ވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ނުބަލާ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިގައުމުގަވެސް ކަންހިނގަނީ ތިޔަގޮތައް މީހުންދައްކާ ވާހަކަޔައް ބިނާކޮށް ހުކުމްކުރަނީ ދެންތިބީ ރޯޔަލްބޭފުޅުން އެބޭފުޅުން އޯކޭވާނެ ކޮއްމެ ކަމެއްކުރިޔަސް.

    30
    4