ޓީސީ ކެންޑްލާސް އެނުއަލް 100 މޯސްޓް ބިއުޓިފުލް ފޭސެސް އޮފް ދަ އިޔާގެ 2020 ވަނަ އަހަރުގެ ލިސްޓުގައި ހިމެނުނު މޮޑެލް ޔަެއލް ޝެލްބާ މި ވަނީ އެ ހޮވުމަށްފަހު އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަކަން ފާހަގަކޮށްފައެވެ.
އެ ކޮމްޕެޓިޝަން އާއްމުންގެ ބޮޑު ސަމާލުކަަމެއް ލިބިގެން ގޮސްފައި ވަނީ އުމުރުން ހަ އަހަރުގެ ތައިލޭން ބްލޮންޑެއޫއަށް އެ ލަގަބް ލިބުނު ފަހުންނެވެ.
އެހެން ނަމަވެސް ޝެލްބިއާއަށް އެކަން ވެގެން ދިޔައީ މީހުން މަލާމާތް ރައްދުވެގެން ދިޔަ ކަމަކަށެވެ. އުމުރުން 19 އަހަރުގެ ޝެލްބިއާ ބުނީ، އޭނާއަށް މަރުހަބާ ކިޔާ އެތައް ކޮމެންޓެއް ލިބުނު ކަމުގައިވިޔަސް ލިބުނު ހުރިހާ ކޮމެންޓްގެ ތެރޭގައި ހިމެނެނީ އެފަދަ ކޮމެންޓްތައް ނޫން ކަމަަށެވެ.
"އަހަރެންނަށް ލިބުނު އެތައް ބައެއްގެ ފަރާތުން ލޮތްބާއި ސަޕޯޓް އަދި އަހަރެންނަށް ލިބުނު އެހާ ރަނގަޅު ނޫން ކޮމެންޓްވެސް".ދަ ސަން އަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ.
އޭނާ ވަނީ އިންސްޓަގްރާމްގައި އޭނާއަށް އެ ލިސްޓުގެ އެންމެ މައްޗަށް ގެންދިއުމުގައި ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އޭނާ އެ ފޮޓޯ އާއްމު ކުރުމާއެކު 4000 އަށްވުރެ ގިނަ ކޮމެންޓް އެ ފޮޓޯއަށް ލިބުނުއިރު، އޭނާއަސް މަލާމާތްކޮށް އެތައް ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އަގްލީކުއީން ޖަހާ ކޮމެންޓް ކުރި މީހުންވެސް ހިމެނެއެވެ.
View this post on Instagram
ޝެލްބިއާ ބުނީ، އެ ކޮންޓެސްޓުގައި އޭނާ ބައިވެރިިވި ކަމެއްވެސް ނޭނގޭ ކަމަށާއި، އެ ކޮންޓެސްޓު އޭނާއަށް ހާސިލްވުމުން ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެއް ކަމަށެވެ.
ޝެލްބިއާ ވަނީ ކިމް ކާޑޭޝިއަން ގެ ކޭކޭޑަބްލިވް ބިއުޓީ އާއި ކައިލީ ޖެނާގެ ސްކިން ކެއާ ރޭންޖްގައި މޮޑެލްކަން ކޮށްދީފައެވެ. އަދި މިހާރު އޭނާ ދަނީ އެމެރިކަން ބިލިއަނާ ސަމްނާ ރެޑްސްޓޯންގެ ކާފަ ދަރިފުޅު ބްރެންޑެން ކޮފްރް އާ ޑޭޓް ކުރަމުންނެވެ.
މީނަ އަކީ އިޒްރޭލު މީހެއް. މުސްލިމުންނާއި ދެކޮޅު މީހެއް.