ޕާކިސްތާނުގައި ޓިކްޓޮކް ވީޑީއޯއެއް ނެގުމަށްޓަކައި ރޭލުދަގަނޑު މަތީގައި ހިނގާފައި އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ ރޭލެއް އައިސް ޖެހިގެންނެވެ.

އެ ގައުމުގެ ފުލުހުންނާއި ރެސްކިއު އޮފިޝަލުން މިއަދު ބުނީ، މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ވަގުތެއްގައި އިސްލާމް އާބާދުގެ ރަވަލްޕިންޑީ ސިޓީގައި ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 18 އަހަރުގެ ހަމްޒާ ނަވީދް އެވެ. އޭނާ ދިޔައީ ރޭލު ދަގަނޑު މަތީގައި ހިނގަމުންނެވެ. އޭނާ ހިނގަމުންދިޔައިރު، އެމަންޒަރު ވީޑިއޯ ނަގަމުން ގޮސްފައި ވަނީ އޭނާގެ ރަހުމަތްތެރިއެކެވެ.

"ދުއްވަމުންދިޔަ ރޭލު ގޮސް އޭނާގެ ގައިގައި ޖެހުނީ، ވީޑިއޯއެއް ނެގުމަށްޓަކައި ރޭލު ޓްރެކްޓް މަތީގައި ހިނގަމުން ދަނިކޮށް". ރެސްކިއު އެޖެންސީގެ ތަރުޖަމާނެއް ކަމަށްވާ ރަޖާ އަފަގަތް ޒަމާން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގުމާއެކު، އެ ސަރަހައްދަަށް ރެސްކިއުގައި މަސައްކަތް ކުރާ މީހުން ދިޔައެވެ. އެހެން ނަމަވެސް އެ މީހުން ދިޔައިރުވެސް، އެ ޒުވާނާ ވަނީ މަރުވެފައެވެ.

ޒަމާން ބުނީ، އެ ހާދިސާގައި މަރުވި ޒުވާނާގެ ރަހުމަތްެރިޔާގެ ވީޑިއޯ ނަގަން ހުރި މީހާ ބުނިގޮތުގައި، އޭނާ ދިޔައީ ވީޑިއޯއެއް ނެގުމަށްޓަކައި ރޭލު ދަގަނޑު މަތީގައި ހިނގަމުން ކަމަށެވެ. އަދި އޭނާ ބޭނުންވީ އެ ވީޑިއޯ ނަގައި ޓިކްޓޮކްއަށާއި އެހެނިހެން ޕްލެޓްފޯމްތަކަށް ލާން ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުންވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ބުނެފައެވެ.

ޓިކްޓޮކް ވީޑިއޯ ނަަގަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެއެވެ.