އިންޑިޔާގެ ޓީވީ ޗެނަލެއް ކަމަށްވާ ސޮނީ ސަބްއިން 2018 ވަނަ އަހަރު އޯގަސްޓް މަހު ދައްކަން ފަށާފައިވާ ފެންޓަސީ ޑްރާމާ ''އަލާއްދީން: ނާމް ތޮ ސުނާ ހޯގާ'' ނިންމާލަން އުޅޭ ކަމަށް މި ޑްރާމާގައި އަލާއްދީންގެ ރޯލުން ފެނިގެންދާ ސިދާތު ނިގަމް ބުނެފިއެވެ.

ހަގީގަތެއް ނެތް ފޯކްލޯ ކަންތައްތަކެއް ދައްކުވައިދޭ މި ޑްރާމާއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ޑްރާމާއެކެވެ. އެހެންކަމުން މި ޚަބަރު ވެގެންދާނީ މި ޑްރާމާ ބަލާހިތްވާ ފަރާތްތަކަށް ހިތާމަވެރި ޚަބަރަކަށެވެ.

މި ޑްރާމާ ނިންމާލަން އުޅޭ ވާހަކަ ދައްކަމުން ސިދާތު ބުނެފައިވަނީ އަލާއްދީން ޑްރާމާ ނުކުޅެ ހުންނަން އޭނާއަށް އުދަނގޫވާނެ ކަމަށެވެ. ސިދާތުގެ އިތުރަށް މި ޑްރާމާގެ އެހެން އާޓިސްޓުންނާައި ޑްރާމާގެ މުޅި ޓީމު ވެސް ތިބީ އެކަމާ ދެރަވެފައި ކަމަށް ސިދާތު ބުނެފައިވެއެވެ.

މި ޑްރާމާ ނިންމާލަން އުޅޭކަން މުޅިން ކަށަވަރު ވެފައި ނުވާ ނަމަވެސް މި ޑްރާމާގެ އެންމެ ފަހު އެޕިސޯޑު ދައްކާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކަމަށް ވެސް ސިދާތު ބުނެފައިވެއެވެ.

މި ޑްރާމާގެ ޝޫޓިންތަކުގައި ދުވާލަކު 12 ގަޑިއިރު ހޭދަ ކޮށްފައިވާ ސިދާތު ބުނެފައިވަނީ އޭނާއަށް އަބަދުވެސް ހުރެވެނީ އެ ކެރެކްޓާގައި ކަމަށެވެ.

ފުރަބަންދުގައި ޝޫޓިންތައް ދިޔަ ގޮތާއި ޑްރާމާގެ އަންހެން ލީޑް އަވްނީތު ކޯރު ކުއްލިއަކަށް ޑްރާމާ ދޫކޮށްލި ނަމަވެސް މި ޑްރާމާގެ ނިންމުން އުފާވެރިކޮށް ގެނެސްދީ ސިދާތު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ޖޭޝްމިންގެ ރޯލުން ފެނިގެން ދިޔަ އަވްނީތު ކޯރު މިދިޔަ އަހަރު ޑްރާމާއިން ވަކިވުމުން އެ ރޯލު މިހާރު ކުޅެނީ އާޝީ ސިންގްއެވެ.

ކިޔުންތެރިންގެ ހިޔާލު