އަމިއްލައަށް ހޯދައި ފައިސާއިން އަމިއްލަ ގެއެއް ގަތުމުގެ ހުވަފެންތައް ދެކެމުން އަންނަ ބޮލީވުޑުގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އަމިއްލައަށް ހޯދި ފައިސާއިން މުމްބާއީގެ ބެންޑްރާއިން ހަތަރު ކޮޓަރީގެ ގެއެއް ގަނެ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިފިއެވެ.

''މަސައްކަތް ކުރަން ފެށީއްސުރެ އަހަރެން ދެކެމުން އައި ހުވަފެނަކީ އުމުރުން ތިރީސް އަހަރުވުމުގެ ކުރިން އަހަރެން އަމިއްލައަށް ހޯދައި ފައިސާއިން އަމިއްލަ ގެއެއް ގަތުން. ނަމަވެސް ކަނޑައަޅާފައިވާ ދުވަސް ފަހަނައަޅައި ދިޔަ ނަމަވެސް އެ ހުވަފެން މިއަދު މިވަނީ ހަގީގަތަކަށްވެފަ'' ސޮނާކްޝީ ބުނެފައިވެއެވެ.

އަމިއްލަ ގެއެއް ގަތް ނަމަވެސް އަދި އެ ގެއަށް ބަދަލުވުމަށް ނިންމާފައިނުވާ ކަމަށް ސޮނާކްޝީ ބުނެފައިވެއެވެ. ''އަހަރެންގެ އާއިލާއާއި އެއްކޮށް އެންމެން އެއް ގެއެއްގައި އުޅެން އަދި ބޭނުންވަނީ. އަހަރެން ގަތް ގެއަށް ބަދަލުވާކަށް އަދި ނުވިސްނަން'' ސޮނާކްޝީ ބުނެފައިވެއެވެ.

ސޮނާކްޝީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާގެ ބައްޕަގެ ''ރާމާޔަނާ'' ގައި އޭނާގެ އެޕާޓްމަންޓް ރެނޮވޭޓްކޮށް އޭނާގެ ހުވަފެނީ އެޕާޓްމަންޓަކަށް ހަދައިފައެވެ. މި އެޕާޓްމަންޓުގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ މަޝްހޫރު އިންޓީރިއާ ޑިޒައިނަރ އަދި އާރޓް ޑާއިރެކްޓަރ ރުޕިންއެވެ.

އަމިއްލަ އެޕާޓްމަންޓެއް ރެނޮވޭޓްކުރި ދުވަހު އުފަލުން ހުރި ސޮނާކްޝީ ބުނެފައިވަނީ މައިންބަފައިންނާައި އެކު އުޅޭ މީހުންނަށް އަމިއްލަ ''ސްޕޭސް''އެއް ލިބުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު ސޮނާކްޝީ އެެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ''ދަބަންގް 3'' އިން ސަލްމާން ޚާނާައި އެކުގައެވެ. ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޖޭ ދޭވްގަންއާއި ސަންޖޭ ދަތާއި އެކު ފިލުމު ބޫޖް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮނާކްޝީ ފޭން

    ސޮނާކްޝީ ގެ މާމަ ގެ ރައް ކަމަށްވާ ގދ. ފަރެސް މިހާރު ފަރެސް މާތޮޑާ އިން ވެސް ބިމެއް ގަނެ ގެޔެއް އަޅަން ފެނޭ. ޢޭރުން ސަތަރޭ ވަރަށް އުފާވާނެ. އެއީ ސަތަރޭގެ މަންމަ ގެ ރަށައްވާތީ.

  2. ތީނަގެ ޤައުމު ކުއްޖެއް

    މަންޖެމެން އުޅޭ ހިތެއް ނުވާނެ މައިންބަފައިންނާއި އެކުއެއް. ތިފާޑަށް ނޫޅެވޭނެތާ... އުފަންކުރެއްވި ޤައުމަކީ ދިވެހިރާއްޖެއޭ ބުނާތީ އަޑުއިވޭ. އެއީ ޙަޤީޤަތެއްނަމަ އަޅެ މި ޤައުމުގަ އުޅެންވީނުން. ކޮންމެ މީހަކަށް ހިލޭ ސާހަބަށް ރަށްރަށުން ގޯތި ލިބޭނެ. ގޭދޮށަށް އެޅޭ ކުނިކޮޅު ނަގާލައިގެން ކިހާ ހަމަޖެހިގެން އުޅެންވި ބައެއްތީ.. ބަލާލަން ހުތުރީއެއް ނޫން.އިންނާނެ ނުލާހިކު ރަނޅަޅު ކުދިންވާނެ. ފަހުން އަދި ދެރަވާނެ. ބަލަންތިބޭ.އެދުވަހުން ނޭފަތުން ކަންނޭގެ ރޯނީ

  3. ބީތާ

    އޭ ސޮނާކްޝީއާއި ރާއްޖެއާއި އޮތީ ކޮންގުޅުމެއްތަ