ލޮނުމެދުގެ ވަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާތީ އެކަން ހުއްޓުވަން ތައިލެންޑްގެ ސިފައިން ނިކުމެއްޖެއެވެ.

ތައިލެންޑްގެ ސިފައިން ބުނެފައިވަނީ ގިނަ އަދަދަކަށް ލޮނުމެދު އެޤައުމުން ވަގަށް އެތެރެ ކުރަމުންދާތީ އެކަން ހުއްޓުވަން އެޤައުމުގެ ކަސްޓަމްސްއާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެޤައުމުގެ ކޮމާސް މިނިސްޓްރީންވެސް މިކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ތައިލެންޑްގެ ނޫސްތަކުން ބުނެފައިވަނީ އެޤައުމަކީ ލޮނުމަދު ހައްދާ ޤައުމެއް ކަމަށާއި ނަމަވެސް އެހެން ޤައުމުތަކުން ލޮނުމެދު އެތެރެ ކުރުމުގެ ސަބަބުން ލޮނުމެދުގެ އަގު އެޤައުމުގެ މާކެޓްގައި ދަށްވެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

މިިދިޔަ އަހަރު މިހިސާބުގައި ލޮނުމެދު ކިލޯއެްގެ އަގު ހުރިވަރު ދެ ގުނުއަށް މިއަހަރުގެ މިހިސާބަށް އައިއިރު ވެއްޓިފައިވާއިރު، ލޮނުމެދުގެ ވަގު ވިޔަފާރި ނުހުއްޓުވިއްޖެނަމަ ލޮނުމެދުގެ އަގު ވަރަށް ބޮޑަށް ތިރިވެގެންދާނެ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ.

އެޤައުމަށް ލޮނުމުގެ އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ލޮނުމެދު އެތެރެ ކުރަނިކޮށް މީހަކު ހިފަހައްޓައިފިނަމަ 5 އަހަރުގެ ޖަލު ހުކުމަކާއެކު 3,280 ޔޫރޯއިން ޖޫރިމަނާ ކުރާގޮތަށް އެޤައުމުގެ ޤާނޫނަށްވަނީ އިސްލާޙް ގެނެސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް