މިހާރު ފެެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ކުރިން ވާނެ ކަމަށް ހީވެސް ނުކުރާ ގިނަ ކަންކަން ދަނީ ވަމުންނެވެ. ބައެއް ގައުމުތަކުން ބަދަލުތައް ފެންނަ އިރު، އަނެއް ބައި ތަންތަނުގައި މީހުންގެ ދިރުއުޅުމުން މިކަންކަން ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އެމެރިކާއަށް އުފަން އުމުރުން 31 އަހަރުގެ އެލިޒިބަތު ކާ އާއި، އޭނާގެ މިހާރުގެެ ފިރިމީހާ ސިމޮން އޯބްރިއެން 36، ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު އެއީ މީގެކުރިން ފެނިފައި ނުވާ ދެ މީހުންނެވެ. ނަމަވެެސް އެކުއެކީގައި ކަހަލަ ގޮތަކަށް އޮކްސިޖަން ލެވެލް ދަށްވެ ދެ މީހުންވެސް ވެންޓިލޭޓަރަށްލީ އިިރު އެއީ ކައިވެެންޏަކާ ހަމައަށް ދާނެ ބައެއް ކަމަށް ހީވެސްނުވެއެވެެ.

އެ ދެމީހުން އަލަށް ދިމާވީ ހޮސްޕިޓަލު ވާޑުގެ ތެރެއިންނެވެ. އެ ހިސާބުން މަޑުމަޑުން ވާހަކަ ދައްކަން ފެެށި މި ދެމަފިރިން ހޮސްޕިޓަލުން ނިކުތް އިރު ގުޅުން ވަރުގަދަވެެ ތިބީ ކައިވެނިިވެެސް ކޮށްގެންނެވެެ.

އެ ދެެ މީހުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހުމުގެ ސަބަބުން ކިތަންމެ ވޭނެއް ތަހައްމަލު ކުރަން ޖެހުނު ނަމަވެެެސްް އެ ދެމީހުުން ދިމާވުން ވީ އުފާވެރި އިއްތިފާގަކަށެވެ. އަދި ހޮސްޕިޓަލުން އެކަކު އަނެކެއް ދިމާވުމަކީ ނަސީބު ކަމަށް އެމީހުން ސިފަކުރެއެވެ.

މި ދެ މަފިރިން ލޯބީގެ ގޮތުުން ގުުޅިގެެން ކައިވެނި ކުރުމާ ހަމައަށް ދިޔަ ދުވަސްތަކަށް މީޑިއާތަކުގެ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ. މިއީ މިގޮތަށް ކޮވިޑް-19 އާ ގުޅިގެން އެނދުމަތިކޮށްފައި ތިިއްބާ ބަޔަކު ލޯބީގެ ގޮތުން ގުޅި، ކައިވެެނި ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ މާލެ

    މާމޮޓާ ސަރީފު. އަނެއްކާ އެހެން މީހަކާ އިނީތަ؟ ފޮޓޯގަ އިނީ މާމޮޓާ ސަރީފް.