ދެހާސް އަށް ވަނަ އަހަރު، ސްވެލްޑްބާޑް ގްލޯބަލް ސީޑް ވޯލްޓް ކިޔާ ތަނެއް ނޯވޭގައި ގާއިމް ކުރީ ކާބޯތަކެތީގެ ތަދުމަޑުކަމެއް ދިމާވެ ހާލުގައި ޖެހިއްޖެ ނަމަ އޯރިއޯ ލިބެން ހުންނާނެ ފަދަ ގޮތެއް މަގުފަހިކުރުމަށެވެ. މިއީ ގަބޫލު ކުރަން އުނދަގޫ ނަމަވެސް ހަގީގީ ވާހަކައެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ މަޝްހޫރު އެއް ބިސްކޯދު ކަމަށްވާ އޯރިއޯ ގިނަ އަދަދަކަށް ރައްކާކޮށްފައި ހުރި މި ގުދަން ގާއިމްކޮށްފައި ވަނީ ނޯވޭގެ ފަރުބަދަތައް ކައިރީގައި ފިނި ހިސާބެއްގައެވެ.

އެތަނުގައި އެތައް މިލިއަން އޮށްތައް ވެސް ރައްކާކޮށްފައި އެބަހުއްޓެވެ. އެއީ ދުނިޔެއިން ގަސްތައް ނެތިގޮސް ހަނަފަސްވާ ހާލަތެއްގައި ގޮވާންކުރަން އަލުން ފެށުމުގެ އުންމީދުގައެވެ. އޯރިއޯއަކީ ވަރަށް ފަސޭހައިން ހަކަތަ ލިއްބައިދޭ ރަަހައަށް ބަދަލު ނައިސް ގިނަ ދުވަހު ބޭނުން ކުރެވޭ ބިސްކޯދެކެވެ. އެ ކުންފުނީީގެ އޮފިޝަލަކު ބުނީ އެތަނުގައި ސްޓޮކް ހުރުމަކީ ދުނިޔޭގައި ބޮޑުކަމެއް ހިނގައިފި ނަމަ ބަނޑަށް ޖެހުން ލަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ގުދަނުގެ ފިނިހޫނުމިން ހުންނަނީ 80-300 ޑިގްރީއާ ދެމެދުގައެވެ. އެއީ އެ ބިސްކޯދުތައް އެއްގޮތަކަށް ތާޒާކަން މަތީ ބެހެއްޓުމަށްޓަކައެވެ. މިގޮތަށް ހަދާ ގުދަން ނުވަތަ ޑޯމްތައް ހުންނަ ތަންތަން ގިނައިން ހުންނަނީ އާއްމުންނާ ދުރު ހިސާބުތަކުގައެވެ. އަދި ވަރަށް ގިނަ ފަހަރު އެ ތަންތަނުގެ ވާހަކައަކީ ސިއްރު ވާހަަކައެކެވެ. ގުނާލެވޭ މަދު ބަޔަކަށް ފިޔަވާ އެތަންތަނުގެ މައުލޫމާތެއް ނޭނގެއެވެ. މީގެ ބޭނުމަކަށް ވަނީ އެ ގުދަންތައް ފަޅާލައިގެން ކާބޯތަކެތި ގެންދިއުމުގެ ފުރުސަތު ކުޑަ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު