ޗީޒްއަކީ ސިއްހަތައް އެތައް ފައިދާ ލިބޭ އެއްޗެކެވެ. ޗީޒްގައި އެކުލެވޭ ޕްރޮޓީންގެ މާއްދާގެ ސަބަބުން ދަތް ފަނި ކެއުމުން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދެއެވެ. ޗީޒްއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް ހިމެނޭ އެއްޗެކެވެ. އެއް އައުންސް ޗީޒްއިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެލްސިއަމް ހިމެނިގެންވެއެވެ. އެހެންކަމުން ކެއުމުގައި ކޮންމެވެސް ވަރަކަށް ޗީޒް ބޭނުން ކުރުން މުހިންމެވެ.

ޗީޒްގެ ބައެއް ބޭނުން ކުރުމަށް ފަހު ފްރިޖްގައި ބެހެއްޓުމުން ވަރަށް ގިނަ ފަހަރު އެ ހަރުވެ، ހިކުމުން އެ ޗީޒްގަނޑު ބޭނުން ނުކޮށް އެއްލާލަނީއެވެ. ގިނަ ދުވަސް ވުމުން ޗީޒްގައި އެމޯނިއާ ފާޑުގެ ވަހެއް ހިފާ ފޫ ޖަހަން މެދުވެރިވެއެވެ. ކަޅު ކުލަ ނޫނީ ރަތް ކުލަ ނާރާނަމަ ޗީޒް ހަރުވުން އެއީ މައްސަލައެއް ނޫނެވެ.

ހިކި ޗީޒް މިއީ ސޫޕް ފަދަ އެއްޗެހީގެ ރަހަ ލައްވަން ބޭނުން ކުރެވިދާނެ އެއްޗެެވެ. ހިކި ޗީޒް ކުޑަކޮށް ގާނާލުމުން އޭގެ އެތެރޭގައި ހުންނަ ބައި ހުންނާނީ މަޑުކޮށެވެ. އަދި ހިކި ޗީޒް މިކްސްޗަރަށް އަޅާ ހިމުންކޮށްލުމަށް ފަހު ސެލަޑާއި ތަރުކާރީގެ މައްޗަށް އަޅައިގެން ކާން ބޭނުން ކުރެވޭނެެވެ. އަދި ފިޔާ އާއި އަސޭ މިރުސް އަޅައިގެން ހިިމުން ކޮށްލުމުން ޗިޕްސް އާއި ޖައްސައިގެން ކާން ޑިިޕް ސޯސް އެއް ގޮތުގައި ވެސް މިގޮތަށް ހުންނަ ޗީޒް ބޭނުން ކުރެވިދާނެއެވެ.

އަދި ބަޓާ އާއި ކްރީމް އަޅައިގެން ޗީޒް ތައްޔާރުކޮށްގެން ފޮނި ކާތަކެތީގެ ޑިޕްއެއް ގޮތުގައި މިގޮތަށް ހަރުވެފައި ހުންނަ ޗީޒް ބޭނުން ކުރެވޭނެއެވެ. މިއީ ހައްތަހާވެސް ހަރު ޗީޒް އުކާނުލާ އެ ބޭނުން ކުރެވިދާނެ ގޮތްގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއިމޫ

    ޝުކުރިއްޔާ 😊❤