އާއިލާ ތެރޭގައި މައްސަލަތައް ބޮޑެވެ. ހާއްސަކޮށް ބޮޑު އާއިލާއެއްނަމަ އާއިލާ ތެރޭގައި ޖެހޭ މައްސަލަތައްވެސް ގިނަވެގެން ދެއެވެ. އެހެންކަމުން އެއް އާއިލާއެއްގައި 150 ކުދިން ތިބޭނެ ނަމަ ދެން ބާނެ ގޮތް ވިސްނާލާށެވެ.

ޓިކްޓޮކްގައި އުމުރުން 19 އަހަރުގެ މާލިން ބްލެކްމޯރް މި ވަނީ އޭނާގެ ބައްޕަގެ 27 އަނބިންނާއި، 150 ދަރިން ތިބޭކަމަށް ބުނެފައެވެ. އެއީ އޭނާގެ ބަހުން ނަމަ 27 މަންމަ އެވެ.

މިއީ ކެނެޑާއަށް ނިސްބަތްވާ މިފަފަ އެންމެ ބޮޑު އާއިލާ އެވެ.

އެ އާއިލާ ތެރޭގައި އެންމެ ބޮޑު މީހަކީ އުމުރުން 64 އަހަރުގެ ވިންސްޓަން ބްލެކްމީރް އެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ދިރިއުޅެމުން ދަނީ ބްރިޓިޝް ކޮލުމްބިއާގައި، އެ ބޮޑު އާއިލާއާއެކުގައެވެ. އޭނާގެ ތިން ދަރިން މި ވަނީ އާއިލާއާ ގުޅޭގޮތުން އާއްމުންނަށް މައުލޫމާތު ދީފައެވެ.

އެގޮތުން މާލިން އިތުރުން، 19 އަހަރުގެ މުރޭ އާއި، 21 އަހަރުގެ ވަރެން މި ވަނީ އެ މީހުންގެ މީސް މީޑިއާގެ އެކައުންޓްތަކުގައި އާއިލާގެ ވާހަކަދައްކާފައެވެ. އެ މީހުންގެ ތެރެއިން ބައެއް ކުދިން މިކަމާއި ލަދުގަނެއެވެ. ނަމަވެސް މި ވާހަކަދައްކަން ބޭނުން ވެއެވެ.

މި ތިން މީހުންގެ ތެރެއިން އެންމެ ހަގު މާލިން، އާއިލާއެކު މިހާރު ދިރިނޫޅޭއިރު، އޭނާ ވަނީ އާއިލާއާ ގުޅޭގޮތުން ޓިކްޓޮކް މެދުވެރިކޮށް ވާހަކަދައްކާފައެވެ.

"އަހަރެން މި ވާހަކަދައްކަން ބޭނުންވާތާ އެތައް އަހަރެއްވެއްޖެ، މިހާރު އަހަރެން މި ހިރީ އެ ވާހަކަ މުޅި ދުނިޔެއަށް ކިޔާދެވޭނެ ހާލަތެއްގައި". އެމެރިކާއަށް ދިިރިއުޅުން ބަދަލު ކުރި މާލިން ބުނެފައި ވެއެވެ.

އޭނާ ވަނީ އާއިލާ އުޅޭ ހާލަތުވެސް ކިޔާދީފައެވެ. އޭނާ ބުނީ 27 އަންހެެނުން ތިބި ކަމަށާއި، ބައްޕައާ އިނދެގެން އޭގެ ތެރެއިން ދަރިންތިބީ 22 އަންހެނުންގެ ކަމަށެވެ. އަދި އެ 22 މީހުންގެ ތެރެއިން މިހާރު ބައްޕައާ ކައިވެނިކޮށްގެން އުޅެނީ 16 އަންހެނުންނާއި ކަމަަށްވެސް ބުންޏެވެ. އަދި އެ މީހުންގެ އަސްލު މަންމަ އަށް މަމްގެ ނަމުން ގޮވަން ބުނެފައިވާއިރު، ދެން ތިބި މީހުންނަށް މަދާގެ ނަމުން މުހާތަބު ކުރުމަށް އެދިފައިވާކަމަށް މާލިން ބުންޏެވެ.

އެ އާއިލާގެ ތިން މީހުން ވަކި ދިރިއުޅުނު ނަމަވެސް، އާއިލާގެ ދެން ތިބި މީހުންނާއި އެ މީހުންނާއި ގުޅުން އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހޫ

  ހޫ ކެއާރސް... ވައިޓްސް!!! ވައިޓްސުން ވީމަ ނިމުނީ

 2. ހުސޭނުބޭ

  މިއީ މުސްލިމުންނަށް 4 އަނބި ހުއްދަވީމާ ތެއަރުވާ މީހުންގެ ހާލު! ރީއްޗެއްނު!

  16
  1
 3. ކީއުރިއަސް

  އެވެސް ޓުވިންގސް އެ އެބަ އުޅޭތައް؟

 4. ޝާފީ

  ހޫނ ކައިގެން ނިދަނީކީ ނޫން ދޯ !