ޓީވީ ރިއަލިޓީ ޝޯތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ފޯރިއާއި އެކު ބަލަމުންދާ އެއް ޝޯ ކަމަށްވާ ބިގް ބޮސްގެ 14 ވަނަ ސީޒަން ހުށަހަޅައިދޭ ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާން މި ހަފްތާގެ އެޕިސޯޑުގެ ޝޫޓިން ކެންސަލް ކޮށްފިއެވެ.
މި ހަފްތާގެ ''ވީކެންޑް ކާ ވާރް'' އެޕިސޯޑު ސަލްމާން ޚާން ކެންސަލް ކޮށްފައިވަނީ ބޮލީވުޑުގެ އެކްޓަރ ވަރުން ދަވަންއާއި ނަތާޝާ ޑަލާލްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ކަމަށް ރިޕޯޓްތަކުގައިވެއެވެ.
ވަރުންގެ ކައިވެނި ހަފްލާއަށް ދަޢުވަތު އެރުވިފައިވާ މަދު މީހުންގެ ތެރެއިން ވީއައިޕީ ލިސްޓުގައި ހިމެނޭ އެއް މެހެމާނަކީ ސަލްމާން ޚާނެވެ. މި ކައިވެނި ހަފްލާގައި ބައިވެރިވުމަށް މި ހަފްތާގެ ބިގް ބޮސްގެ އެޕިސޯޑުގެ ޝޫޓިންގެ އިތުރަށް ސަލްމާން މިހާރު ކުޅެމުންދާ ފިލުމު ''އަންތިމް'' ގެ ޝޫޓިން ވެސް ވަނީ މެދު ކަނޑާލާފައެވެ.
މި ހަފްތާގެ ބިގް ބޮސް އެޕިސޯޑުގައި ސަލްމާން ޚާން ނެތުމުން ޗެނަލްއިން ވަނީ ބިގް ބިސް 14 ގެ ބައިވެރިންނަށް އަހަރީ ޕްރެސް ކޮންފަރެންސެއް ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.
ސަލްމާން ޚާނާއި ވަރުން ދަވަންއާއި ޑޭވިޑް ދަވަންއަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. އަދި ޑޭވިޑް ދަވަން ވަނީ ސަލްމާން ޚާނާއި އެކު ވަރަށް ގިނަ ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.
ވަރުން ދަވަން ވަނީ ސަލްމާން ޚާންގެ ކުރީގެ ފިލުމު ''ޖުޅުވާ'' ގެ ރީމޭކް ''ޖުޅުވާ 2'' ގައި ވެސް ޑޭވިޑް ދަވަންއާއި އެކު މަސައްކަތް ކޮށްފައެވެ.
ސަލްމާން ޙާން ގެ އަތުންދޭ ހަދިޔާއަކީ ޔަގީނުންވެސް އަގުހުރި ހަދިޔާއަކަށްވާނެ🤓
އިންނާނެ މީހަކު ނުވެފަ ހުރި މީހެއްވީމާ ތޭ ޗަކޮޔާ ؟