އިންޑިއާގެ އަންހެނަކަށް 31 ފަހަރަށް ކޮވިޑް-19 ޖެހިއްޖެއެެވެ.

މި ބައްޔަކީ ފަސޭހަ އިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާއިރު، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތުު ވަރަށް ބޮޑެވެ. ރިޕޯޓުތައް ދައްކާ ގޮތުން ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބަލިން ރަނގަޅުވާން ވެސް ދުވަސް ނަގައެވެ. ބައެއް ވޭދަނަތަކުގައި މި ވައިރަހަށް ނައްސި ކަމަށް ނަތީޖާ ދެއްކި ނަމަވެސް ފަހުން މި ވައިރަސް ހަށިގަނޑު ތެެރޭގައި ފަސޭހަކަމާއެކު އަށަގަނެއެވެ.

"އިންޑިއާ ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 32 އަހަރުގެ މި އަންހެން މީހާއަށް މިދިޔަ އޮގަސްޓު މަހުން ފެށިގެން މިހާތަނަށް 31 ފަހަރު ވަނީ ކޮވިޑް-19 ޖެހިފައެެވެ. ކޮންމެ ފަހަރަކު ވެސް އޭނާ މި ބައްޔަށް ފައްސި ވަނީ ބަލިން ރަނގަޅުވެފައިވާ ކަމުގެ ރިޕޯޓު ލިބޭ ފަހުން އަނެއްކާވެސް ބަލީގެ އުނދަގޫތައް ހުރެގެން ޓެސްްޓު ކުރުމުންނެވެ.

އެ އަންހެން މީހާ އަކީ ސިކުނޑީގައި އުނިކަމެއް ހުުންނަ މީހެއް ކަަމަށްވެއެ. މިހާރު އޭނާ ބަލަހައްޓަމުން އަންނަނީ "އަޕްނާގަރް" ނަމަކަށް ކިޔާ ބޭނުން ޖެހިފައިވާ މީހުުން ބަލަހައްޓަމުން އަންނަ ހިޔާއެއްގައެވެ. އެ އަންހެން މީހާގެ މައިންބަފައިންނާއި ފިރިމީހާވެސް ވަނީ މަރުވެފައެވެ.

އެންމެ ފުރަތަމަ އޭނާއަށް މި ބަލި ޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން 31 ފަހަރު މި ބައްޔަށް ފައްސިވެފައިވާ މީހާ އަށް މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.