މިހާރަަކަށް އައިސް ލިޕްސްޓިކަކީ އަންހެނުންގެ މޭކަޕްގެ އެންމެ މުހިންމު ބަަޔަށް އޮންނަނީ ވެފައެވެ. އެންމެ މޭކަޕް ނުކުރާ މީހާވެސް ލިޕްސްޓިކްކޮޅެއް ޖައްސާ ނުލާ ފަރުޖައްސާލާނީ މަދު ފަހަރެއްގައެވެ. އަދި ލިޕްސްޓިކަކީ ޒަމާނާއެކު އެންމެ ހިނގާ އެއް ފެޝަނަކަށް ވަނީ ވެފައެވެ. މާބަނޑު ދުވަސް ވަރު ވެސް އަންހެން ކުދިން އާންމުކޮށް ޖައްސައި އުޅޭ އެއްޗެކެވެ. ނަމަވެސް ލިޕްސްޓިކްއަކީ ކޮންމެ ކޮންމެ ދުވަސްވަރަކު ޖެއްސުން ރަނގަޅު އެއްޗެއް ނޫންކަން ބައެއް ދިރާސާތަކުން އެނގެން އެބަހުއްޓެވެ. ހާއްސަކޮށް މާބަނޑު އަންހެނުން ލިޕްސްޓިކް ޖެއްސުމަކީ އެމީހުންގެ ސިއްހަތަށް ނުރަނގަޅު އަސަރުކޮށް ބަނޑުގައިވާ ދަރިފުޅަށް ވެސް ގެއްލުން ލިބިދާނެ ކަމެއް ކަން ދިރާސާތަކުން ހާމަވެއެވެ.

އެގޮތުން ލިޕްސްޓިކްގައި ހިމެނޭ ދަގަނޑުގެ ބާވަތެއް ކަމުގައިވާ ލެޑްގެ މިންވަރު ލިޕްސްޓިކްގައި ގިނަ އިރު، ދަގަނޑުގެ މާއްދާއަކީ ގިނައިން ލިޕްސްޓިކް ޖައްސާވަރަކަށް ހަށިގަނޑަށް އެތެރެވާ މިންވަރު އިތުރުވާ މާއްދާއެއް ކަމަށް ދިރާސާތަކުން އެނގެއެވެ. ލެޑްގެ އިތުރުން ކެޑްމިއަމް، އެލުމިނިއަމް، ކޮބަލްޓް، ޓައިޓޭނިއަމް ފަދަ އެތައް ވައްތަރެއްގެ ދަގަނޑުގެ ބާވަތްތައް ލިޕްސްޓިގްގައި އެކުލެވިގެންވެއެވެ.

އެންމެ މަޝްހޫރުކޮށް ޖައްސަނީ ރަތް ލިޕްސްޓިކާއި ފިިޔާތޮށި ލިޕްސްޓިކް ކަމަށް ވާއިރު މި ކުލަތަކުގެ ލިޕްސްޓިކްގައި ދަގަނޑު އެކުލެވޭ މިންވަރު އިތުރެވެ. އެންމެ ގިނައިން ދަގަނޑުގެ ބާވަތްތައް އެކުލެވެނީ ކުލަގަދަ ގްލޮސްވާ ބާވަތުގެ ރަތް، ފިޔާތޮށި އަދި މުށި ކުލަކުލައިގެ ލިޕްސްޓިކްގައެވެ. މިފަދަ ލިޕްސްޓިކްތަކަކީ މީހާއަށް ގެއްލުން ހުރި އެއްޗިއްސެވެ.

ނަމަވެސް ކުލަ މަޑު އަދި މެޓް ލިޕްސްޓިކް ބޭނުން ކުރުމުން ރައްކާތެރިއެވެ. ސަމާލުވާންވީ ކަމަކީ ލިޕްސްޓިކްގެ ޒަރިއްޔާ އިން ހަށިގަނޑަށް ދަގަނޑު އެތެރެވުމަކީ ގެއްލުން ހުރި ކަމެއް ކަމެވެ. ވަކިން މާބަނޑު މީހެއްގެ ހަށިގަނޑުގައި ދަގަނޑު ހުރުމަކީ ދަރިފުޅުގެ ފުރާނައަށް ގެއްލުންވެ ވިހަވެދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު