ވަންޕުލައިސްއިން އެންމެފަހުން ނެރުނު ފޯން ވަންފުލަސް 6 ގެ ފޭސް އަންލޮކްގައި މައްސަލަތަކެއް އުޅޭތީ އެމައްސަލަ ހައްލުވަންދެން ފޭސް އަންލޮކް ބޭނުން ނުކުރުމަށް އެކުންފުނިން އެދިއްޖެއެވެ.

ވަންޕުލަސް 6 ގެ ފޯނެއް އާދައިގެ ފޮޓޯއެއް ބޭނުންކޮށްގެން ހުޅުވާ މަންޒަރު ޓުވިޓަރގައި އާއްމުވުމާއެކު ވަންޕުލަސްގެ ޓީމްއިން ބުނެފައިވަނީ އެޓީމްއިން އެކަން ވެފައިވަނީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް ވަރަށް ބޭރު ސުޕީޑެއްގައި ކުރިޔަށްދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގައި މިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ނެޑަލޭންޑްސް މީހެއް ކަމަށްވާ ރިކް ޓުވިޓަރ މެދުވެރިކޮށް އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާގެ މޫނުގެ ފޮޓޯ އެއް ބޭނުންކޮށްގެން އެހެން މީހަކު ލައްވާ، އޭނާގެ ވަންޕުލަސް 6 ފޯންވަނީ އަންލޮކްކޮށްފައެވެ.

ވަންޕުލަސްގެ ޓީމްއަށް ގިނަ ފާޑު ކިޔުންތަކެއް މިހާރު އަމާޒުވެފައިވާއިރު، މީގެ ކުރިން ވަންޕުލަސް ޓީމްއިން ބުނެފައިވަނީ އައިފޯން އެކް އާ ޚިލާފަށް ވަންޕުލަސް 6 ގައި ބޭނުން ކުރެވޭ ފޭސް އަންލޮކްއަކީ ބޭނުން ކުރަން ފަސޭހަ އެއްޗަކަށް ވެގެންދާނެ ކަމަށެވެ. އައިފޯން އެކްސް އާ ޚިލާފަށް ވަންޕުލަސް ސިކްސްގެ ކުރިމަތީ ކެމެރާގައި ޑެޕްޓް ސެންސަރ އަދި އިންޕުރާރެޑް ބުލާސްޓަރ އެއް ނުހުރެއެވެ.

ވަންޕުލަސްއިންވަނީ މިމައްސަލަ ހައްލުވަންދެން ފޭސް އަންލޮކްގެ ބަދަލުގައި ޕިން، ޕާސްވޯޑް ނުވަތަ ޕާސްކޯޑް ބޭނުން ކުރުމަށް ވަންޕުލަސް 6 ގެންގުޅޭ ފަރާތަކުގެ ކުރެން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު