ސްޓޫޑެންޑް އޮފްދަ އިޔާ 2 އިން އާއްމުންގެ ބޮޑު ސަމާލުކަން ހޯދި އަނަންޏާ ޕާންޑޭއަކީ ތަފާތު މޮޅު އެކްޓަރެކެެވެ. މިހާރަނަށް ހަތަރު ފިލްމެއް އޭނާ ކުޅެފައި ވެއެވެ. އޭނާގެ އެންމެ ފަހު ފިލްމަކަށް ފެނިގެން ގޮސްފައި ވަނީ ޚާލީ ޕީލީ އެވެ.

އެ ފިލްމްގައި އޭނާ ކުރްތާ-ސަލްވާރް އާއި ދުޕައްޓާ އަޅައިގެން އުޅޭއިރު، އެ ފިލްމްގައި އޭނާ ވަރަށް ރީތިކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ. އަދި އެ ފިލްމްގައި އޭނާ ފެނިގެން ދިޔައިރު ނޭފަތަށް ޖަހާފައިވާ ޕިން ވެސް މަޝްހޫރު ވެގެން ދިޔައެވެ.

މި ވާހަކަތައް ބާއްވަމާ ހިނގާށެވެ. މިހާރު އޭނާއާ ގުޅޭގޮތުން ގިނަބަޔަކު ވާހަކަދައްކަމުން ދަނީ އޭނާ އިންސްޓަގްރާމް ކުރި ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯއިން އެތައް ބައެއްގެ ހިތައް ބިރުވެރިކަން ވެރިވެގެންދާނެ ކަން ޔަގީނެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ އޭނާ ކުރައްޕެއް ކާލަން އުޅޭ މަންޒަރެވެ.

 

View this post on Instagram

 

A post shared by Ananya 💛💫 (@ananyapanday)

އެ ފޮޓޯ އާއްމުކޮށް ބުނެފައި ވަނީ، އެ ޝޫޓްގެ ތެރެއިން އެއްވެސް ސޫއްޕަކަށް ގެއްލުން ދީފައި ނުވާ ކަމަށެވެ. އަދި އޭނާ ވަނީ ޚާލީ ޕީލީ ޕްރިމިއާ ބަލަން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު