އަލީބާގުގައި ފަސްތަރީގެ ހޮޓެލެއްގައި ޖެނުއަރީ 24 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑުގެ އެކްޓަރ ވަރުން ދަވަން އޭނާގެ ކައިވެނީގެ ހަފްލާއަށް ފުރަތަމަ ވަނީ ސަލްމާން ޚާންގެ ލަވައަކާއި އެކުގައެވެ.

ފިލުމީ އެންޓްރީއެއްގައި ކައިވެނީގެ ހަފްލާއަށް ވަތް ވަރުން ޖަހާފައިވަނީ ސަލްމާން ޚާންގެ ''ސަލާމޭ އިޝްގު'' ގެ ''ތެނުލޭ ކެ''އެވެ. މި ލަވައަކީ ކައިވެނި ކުރަން ތައްޔާރުވެފައިވާ ފިރިހެން ކުއްޖާ ކިޔަން އެންމެ އެކަށީގެންވާ ލަވަ ކަމަށް ވެސް ގިނަ ފަރާތްތަކަކުން ބުނެ ދަނީ ވަރުންއަށް ތަޢުރީފް ކުރަމުންނެވެ.

ވަރުންއާއި ނަތާޝާގެ ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވުނު ނަމަވެސް ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ވަނީ ވަރުންގެ ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

ބޮލީވުޑު ފަންނާނުންގެ އިތުރަށް ވެސް ވަރުންގެ ސަޕޯޓަރުން ވެސް ވަނީ މި ދެމަފިރިންނަށް ކައިވެނީގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވައިފައެވެ.

ކަރީނާ ކަޕޫރު ޚާން، ކިއަރާ އަޑްވާނީ، ސާރާ ޢަލީ ޚާން، ރަންވީރު ސިންގް، ވިކީ ކޯޝަލް، ޕްރިޔަންކާ ޗޯޕްރާ، ޝާހިދު ކަޕޫރު، އަނުޝްކާ ޝަރުމާ، ދީޕިކާ ޕާޑުކޯން، ކެތުރީނާ ކެއިފް، ޓައިގަރ ޝްރޮފް، ކަރަން ޖޯހަރު، ޕަރިނީތީ ޗޯޕްރާ ފަދަ އެތައް ފަންނާނުންގެ އިންސްޓަގުރާމު މެދުވެރިކޮށް ވަނީ ވަރުންގެ ކައިވެނީގެ ތަހުނިޔާ ކިޔައިފައެވެ.

ވަރުން ދަވަން ވެސް ވަނީ އޭނާއާއި ނަތާޝާގެ ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. މި ރީތި ފޮޓޯ ހިއްސާކޮށް ވަރުން ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވެފައިވާ ލޯބި ރަސްމީ ވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުދު ކަލޯ

    ޓިނު ލޭ ކޭ

  2. ރުމޭ

    ވަރަށް ސަޅި އިނގޭ💘

  3. ކަރަން

    ކަރަން ބައިވެރި ވި ދޮއްތަ ޕާރޓީގަ