ބޮލީވުޑުގެ ''ކިލާޅީ އެކްޓަރ'' އަކްޝޭ ކުމާރު ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ މިއަދަށް 30 އަހަރުވީއެވެ. ކާމިޔާބު އެތައް ފިލުމު ތަކެއް ކުޅެފައިވާ އަކްޝޭ ވަނީ ތަފާތު ގިނަ ބާވަތުގެ ފިލުމުތަކުގައި ތަފާތު އެތައް ރޯލުތަކެއް ކުޅެފައެވެ.

އަކްޝޭގެ މަޖާ، ލޯބީގެ، އެކްޝަން، ބަޔޯޕިކް، ނުވަތަ އިޖުތިމާއީ މެސެޖުދޭ ފަދަ އެތައް ފިލުމަކުން އޭނާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ.

އަހަރަކު ހަތަރެއް ނުވަތަ ފަސް ފިލުމު ކުޅެމުންދާ އަކްޝޭ ވަނީ އެތައް ފިލުމަކުން ބޮކްސް އޮފީސް ރެކޯޑު ވެސް މުގުރާލާފައެވެ.

އުމުރުން 53 އަހަރުގެ އެކްޓަރ ވަނީ ބޮލީވުޑު އިންޑަސްޓްރީގައި ވަރަށް ބުރަކޮށް، ވަރަށް ދަތިކޮށް އަދި އެހާމެ ކާމިޔާބު 30 އަހަރު ހޭދަކޮށްފައެވެ.

1987 ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ ފިލުމު ''އާޖު'' ގައި ކުޑަ ރޯލަކުން ފެނުނު ނަމަވެސް އަކްޝޭގެ އެންމެ ފުރަތަމަ ލީޑު ރޯލުން ފެނިފައިވާ ފިލުމަކީ 1991 ވަނަ އަހަރު އެޅުވި ފިލުމު ''ސައުދާގަރް''އެވެ.

އަކްޝޭ ކުމާރު އިންޑަސްޓްރީގައި 30 އަހަރު ފާހަގަ ކުރުމުގެ ގޮތުން ނޫސް މަޖައްލާތަކުން އަކްޝޭއާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ޑައިރެކްޓަރުންނާއި ވަނީ އިންޓަވިއު ކޮށްފައެވެ.

ޑައިރެކްޓަރ ނިކިލް އަޑްވާނީ، ވިޕުލް ޝާހު، ތަނޫޖާ ޗަންދުރާ، ޝްރީ ނާރާޔަން ސިންގް، ޕްރިޔާދަރްޝަން ފަދަ ޑައިރެކްޓަރުން ބުނެފައިވަނީ އެމީހުންގެ ފިލުމުތައް އަކްޝޭ ޚިޔާރު ކޮށްފައިވަނީ އޭނާ މަސައްކަތަށް ކުރާ ލޯތްބާއި، ފެންވަރު ރަނގަޅު މަސައްކަތެއް ހުށަހަޅައިދިނުމަށް ކުރާ ބުރަ މަސައްކަތާއި އޭނާގެ ރިވެތި އަޚްލާގުގެ ސަބަބުން ކަމަށެވެ.

އަކްޝޭ ކުމާރު އެންމެ ފަހުން ފެނިފައިވަނީ ފިލުމު ''ލަކްޝްމީ'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަޒީލު

    ސައުދާގަރެއް ނޫން ސައުގަންދު

    2
    1
  2. ކައޭ

    ހައު އާ ޔޫ؟ އައި ހޯޕް ޔޫ އާރ ފައިން