އޮމާން ހަންގަނޑެއްގެ ވެރި މީހަކަށް ވުމަކީ ކޮންމެ މީހެއްގެވެސް ހުވަފެނެކެވެ. ޚާއްސަކޮށް އަންހެން ކަނބަލުން ކޮންމެހެންވެސް ބޭނުންވާ ކަމެކެވެ. އޮމާން ހަންގަނޑެއް ހޯދުމަށްޓަކައި ކުރާ މަސައްކަތް ވެސް އެހާމެގިނައެެވެ. މިގޮތުން ވަރަށް ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ފެންވެރުމަށްފަހު ގައިގައި ލޯޝަން އުނގުޅުމަކީ ހަންގަނޑު އޮމާންކޮށްދޭ ކަމެކެވެ. ނަމަވެސް މިއީ މިކަންވާ ގޮތެއް ނޫނެވެ.

އެމެރިކަން އެކަޑަމީ އޮފް ޑާމޮޓޮލޮޖީއިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފެންވަރައި ނިމިގެން ގައިގައި ލޯޝަން ލުމަކީ ކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އޮއިންޓްމެންޓްއެއް ނުވަތަ ކުރީމްއެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ހަމާބެހޭ 20،000 ޑޮކްޓަރުންގެ ޓީމެއް ހިމެނޭ އެމެރިކަން އެކަޑަމީ އޮފް ޑާމޮޓޮލޮޖީއިން ނެރެފައިވާ ރިޕޯޓްގައި އިތުރުރަށް ބުނެފައިވަނީ ލޯޝަނަކީ އޭގެ ބޭރުފުށުގައި ފެންވަރައިގެން ބޭނުން ކުރަން ލިޔެފައިވާ އެއްޗެއް ކަމުގައިވީނަމަވެސް، އޮމާން ހަންގަނޑެއް ބޭނުންނަމަ މިއީ ބޭނުން ކުރަން އެންމެ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.

މިދިރާސާގައި ބުނެފައިވަނީ ކުރީމްއެއް ނުވަތަ އޮއިންޓްމެންޓް ބޭނުން ކުރާނަމަ ކުޑަހިނދުކޮޅަކު ހަންގަނޑުގެ ތެރެއަށް އެތަކެތި ވަނުމަށް ބޭނުންވި ނަމަވެސް، އާޚިރުނަތީޖާ ރަނގަޅުވާނެ ކަމަށެވެ.