ބުރުގާ އެޅުމަކީ މުސްލިމް އަންހެނަކު ނިންމާނެ ވަރަށް ބޮޑު ނިންމުމެކެވެ. ބުރުގާ އަޅަން ނިންމާ ހިސާބުން ފެށިގެން ބުރުގާ އަޅަން ފަރިތަ ކުރުމާއި ބުރުގާ އަޅާނެ ގޮތެއް ނިންމަން ފަށައެވެ. އާއްމުކޮށް ބުރުގާ އަޅަނީ ވަރަށް ހަގު އުމުރުގައި ނޫނީ ޒުވާން އުމުރުގައި ކަމަށް ވާއިރު ބުރުގާ އެޅުމުގެ ކުރިން ޓިއުޓޯރިއަލް ވީޑިއޯތައް ބެލުމާއި އެ ވީޑިއޯތަކުން ފެންނަ ގޮތް ގޮތް އަޖުމަ ބެލުމަށް ފަހު އެންމެ ކަމުދާ ބުރުގާ ސްޓައިލް އެއް ނިންމައެވެ.
އެކަމަކު ބުރުގާ އަޅަނީ ކިތަންމެ ވަރަކަށް ތައްޔާރު ވެގެން ކަމަށްވީ ނަމަވެސް ފުރަތަމަ ކޮޅު ނިކަން މަޖާ ކަންކަން ދިމާވެއެވެ. ދިހަ ވަރަކަށް ޕިނުން ވެސް ހިތްހަމަ ޖެހޭ ގޮތަށް ބުރުގާ ނޭޅުމާއި، ބުރުގާ ބޮލުގައި ހަރު ނުލާ ކައްސާލުމާއި، ހޫނު ވުމާއި، ބުރުގާ އަޅައިގެން ހުންނަ އިރު ކަރު ފެނިދާނެތީ ގަންނަ ބިރު ފަދަ އެތައް ކަމެއް ދިމާވެއެވެ. ބުރުގާ އަޅާނީ ބޭންޑު އަޅައިގެން ތޯ ނޫނީ ނާޅާތޯ މިވެސް އެހާ ބޮޑަށް ވިސްނާ ކަމެކެވެ. ބޭންޑު އަޅައިފި ނަމަ ބޮލަށް ބާރު ކުރަނީއެވެ. ނާޅައިފި ނަމަ ބުރުގާ ހަރުލާ ގޮތެއް ނުވެއެވެ.
އަލަށް ބުރުގާ އަޅާ އިރު ފަސޭހަ ކުރަން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ ފަސޭހަ މެޓީރިއަލްއެއްގެ ބުރުގާ ޚިޔާރު ކުރުމެވެ. އަދި ފުރަތަމަ ބުރުގާ އެޅުމުގެ ކުރިން ގޭގައި ވެސް ބުރުގާ އަޅައިގެން އުޅެވިދާނެއެވެ. އޭރުން ތިމާ ބުރުގާ އަޅާ ސްޓައިލްގެ ސަބަބުން އިތުރަށް ހޫނުވާ ނަމަ އެހެން ސްޓައިލް އަކަށް ބުރުގާ އެޅުން ބަދަލުކޮށްލެވިދާނެއެވެ.
ދީން އިންސްޕިރޭޝަން ނޫހުގައި ލިޔެފައިވާ ގޮތުން ބުރުގާ އެޅުމުގެ މަރުހަލާ އަކީ ދީނީ ގޮތުންނާއި އާއްމު ދިރިއުޅުމަށް ވެސް އަންނަ ބޮޑު ބަދަލެއްކަމުން އެކަމަށް ހޭނެން ހަ ވަރަކަށް މަސް ދުވަސް ވެސް ނަގާފާނެއެވެ. އެ މުއްދަތަކީ އާއްމުކޮށް މީހަކު އާ ކަމަކަށް ހޭނެން އެންމެ ގިނަވެގެން ނަގާ މުއްދަތެވެ.
ބުރުގާ ސުޓައިލު ކުރަން ހަދައިގެން އެކަންވެސް މިހާރު ވަނީ ނުއުފުލޭވަރުގެ ބޮޑު ތަކުލީފަކަށް ވެފައެވެ. މުއުމިނު އަންހެނަކަށް ބުރުގާ އަޅާކަށް ވަކި ސުޓައިލެއް ބޭނުންވާނެހެނެއް ހިޔެއްނުވެއެވެ. އައުރަ ނިވާވީމާ ބުރުގާގެ ޝަރުތު ފުރިހަމަވީއެވެ. ތަފާތު ސުޓައިލުތަކަށް ބުރުގާ އެޅުމުންވެސް އައުރަ ނިވާ ނުވާކަމަށް ވާނަމަ ގޮތްގޮތަށް ބުރުގާ ސުޓައިލު ކުރުމުގެ ބޭނުމެއްނެތެވެ.
ﷲ އެންގެވި ހޮތަށް ބުރުގާ އެޅީމަ ތިހުރިހާ ޕިނެއް ޖަހަން ނުޖެހޭނެ
ބުރުގާގެ މަގުޞަދު ވ. ރަނގަޅަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވޭ.
އަނބި އަނބިކަނބަލުންނެކޭ އެއްފަދައިން މުސްލިމު އަންހެނުންވެސް ނިވާވެގެން ތިބުމަށް އޮތް ބަސްފުޅަށް ގޮންޖަހަން އަޅާބުރުގައި މިހާރު ފެންނަނީ. އިސްލާމީ ބުރުގާގެ މަޤްޞަދު ގެއްލިގެން ދާތަން ބައެއް ކަނބަލުންގެ ބުރުގާއިން ފެންނަނީ
ބުރުގާއަށް ސްޓައިލްތައް ވޮވޭތަ؟ ހައިރާން!......... ބުރުގައި އަތުން ހިފައިގެން ހެއްދެވި ގޮތަށް ދޭ!