ތިމާ އާއި ﷲ އާ މެދު އޮތް ގުޅުން ރަނގަޅުވުމަކީ ކޮންމެ މުސްލިމަކު މެ ބޭނުންވާނެ ކަމެކެވެ. އަދި އެކަމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަން ވެސް ޖެހޭނެ ކަމެކެވެ. އެއީ ކޮންމެ މުސްލިމެއްގެ ވެސް އުންމީދެވެ. އަދި ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެއް ވެސް ﷲ ގެ ރުއްސެވުން ލިބޭނެ ގޮތަކަށް ބައްޓަން ކުރުމަކީ ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނެ ކަމެއްކަން ޔަގީނެވެ.

ދީނީ ލިޔުންތައް ޝާއިއު ކުރާ ނޫހެއް ކަމަށްވާ ދީން އިންސްޕިރޭޝަންގައިވާ ގޮތުން ﷲ އާ އޮންނަ ގުޅުން ގާތްވާ ކަމުގެ ހެއްކަކީ ވަރަށް ހީ ނުކުރާ ގޮތަށް ފެނިދާނެ އެއްޗެކެވެ. މިސާލަކަށް ގުރުއާން ކިޔެވުން މަޑުޖައްސާލާފައި މަންމަ އަށް އެހީތެރިކަން ފޯރުކޮށްދިނުން، ސުންނަތް ނަމާދު ކުރަން ބޭނުންވި ނަމަވެސް ތުއްތު ދަރިފުޅު ބަލަން ޖެހުމުން ވަގުތު ނުވުން، މިސްކިތުގައި ގިނަ އިރު ނަމާދުކޮށް ދުއާކުރަން ބޭނުންވި ނަމަވެސް އަނބުރާ މަސައްކަތަށް ދާން ޖެހުމުން އެކަން ނުކުރެވުން، ބަލި ހާލަތު ހުރި ގޮތުން ކިތަންމެ ބޭނުންވި ނަމަވެސް ސުންނަތް ރޯދަ ނުހިފުން މި ފަަދަ ކަންކަމާއި މެދު ވިސްނުމުން އަޅުކަމާއި ﷲ އަށްޓަކައި ތިމާގެ ހިތުގައި އޮތް ލޯބި ހާމަވާކަން އެ ލިއުމުގައިވެއެވެ.

އާއްމުކޮށް ހީވެފައި އޮންނަނީ ދީންވެރި މީހާއަކީ އަބަދު ރޯދަ ހިފައި، ރޭގަނޑު ނަމާދުކޮށް، ގިނަ ވަގުތު ގުރުއާން ކިޔެވުމުގައި ހޭދަ ކުރާ މީހާ އެކަނި ކަމަށެވެ. ނަމަވެސް ސިއްހީ އަދި އެހެނިހެން ސަބަބުތަކާ ހެދި އަޅުކަމުގެ ވަގުތު މަދުވި ނަމަވެސް އެ ހެޔޮކަން މަތީ ދެމިހުރެ އިޚުލާސްތެރި ވުމަކީ ﷲ އަށްޓަކައި އޮތް ލޯބި ތިމާގެ ހިތުގައި ދެމި އޮތްކަމެއްކަން ހާމަވާ ކަމެއް ކަަމަށް އެ ލިޔުމުގައިވެއެވެ.

އެއީ ތިމާ އާއި ﷲ އާ މެދު އޮތް ގުޅުން ރަނގަޅުކަން އަންގައިދޭ ކަމެކެވެ. ނަމަވެސް އަޅުކަމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކޮށް، ވީހާވެސް ބޮޑަށް އެކަމަށް ހިތާއި ނިޔަތް ހުސްކުރުން އެއީ ކޮންމެ މުސްލިމަކުވެސް ކުރަން ވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    👍