އެމެރިކަން އައިޑޮލްގެ ތަރި ގެބީ ބެރެޓް އަށް ދަރިއަކު ލިބިއްޖެއެވެ. ގެބީ ބެރެޓް އާއި އޭނާގެ ފިރިމީހާ ކޭޑް ފޯނާ އަށް ފުރަތަމަ ލިބިފައި މިވަނީ އަންހެން ކުއްޖެކެވެ. "އައި ހޯޕް" ގެ ލަވަކިއުންތެރިޔާ އަށް ކުއްޖަކު ލިބިފައިވާކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އެވެ.

ގެބީ އާއި ކޭޑް ގެ ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ ބައިލާ މެއި ފޯނާއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ގެބީ ވަނީ އޭނާގެ އާއިލާ ބޮޑުކުރާ ވާހަކަތަކެއް ދައްކައިފައެވެ. އުމުރުން 24 އަހަރުގެ ކޭޑް ވަނީ އޭނާގެ އަންހެނުން އަކީ އެންމެ ރީތި މީހާ އަދި އަނބިމީހާ އަށް ވަރަށް ތައުރީފުކޮށް ވާހަކަ ވެސް ދައްކައިފައެވެ.

އުމުރުން 20 އަހަރުގެ ގެބީ އޭނާ ބަލިވެ އިންކަން ހާމަކޮށްފައި ވަނީ ޕީޕަލް އަށް ދިން އިންޓަވިއުއެއްގައއެވެ.

https://www.instagram.com/p/CKfTRQ8H9Wf/?igshid=erz51j2bqku2

ދަރިއަކަށް ބަލިވެ އިންކަން އެނގުމާއެކު ގެބީ އާއި ކޭޑް ވަނީ ދަރިފުޅަށް ގެ ތައްޔާރުކުރަން ފަށައިފައެވެ. އެގޮތުން ދަރިއަށް ބޭނުންވާ ތަކެތި ހޯދުމާއި ދަރިފުޅު އަންނަން ވާއިރަށް ނެޕީ ބަދަލު ކުރަން ވެސް އެމީހުން ވަނީ ދަސްކޮށްފައެވެ.

ގެބީ ބަނޑު ބޮޑު ދުވަސްވަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ގެބީގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށެވެ. އެގޮތުން ރެޑް ކާޕެޓްގައި ގެޕީ އެއްފަހަރަކު ލާފައިވާ މެރޫން ކުލައިގެ ކަސްޓަމް މޭޑް ހެދުމަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ނިމިދިޔަ 2020 ވަނަ އަހަރަކީ ގެބީ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އެ އަހަރުގައި ގެބީ ވަނީ އޭސީއެމް އެވޯޑް އަށާއި ސީއެމްޓީ މިއުޒިކް އެވޯޑް އަށާއި ސީއެމްއޭ އެވޯޑް އަށް ނޮމިނޭޓް ވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނާ ހަމަ ތެދެއްތަ! ހާދަ އުފާވެރި ހަބަރެއް ތިޔާ ގެނެސް ދީނީ!!

    3
    1