މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން އަލީ ބަނާތަކީ ތަނަވަސް ދިރިއުޅުމެއްގައި އުޅެމުންދިޔަ އެތައް ބަޔަކު ދަންނަ މުއްދަނދި މަހުޖަނެކެވެ. ޒުވާން އުމުރުގައި އަމިއްލަ މަސައްކަތުން ފެށި ވިޔަފާރިއެއްގައި ކާމިޔާބާއި ހަމައަށް ވާސިލުވެ ކުރިހޯދަމުންދިޔަ ހިއްވަރުގަދަ ޒުވާނެކެވެ. އެންމެ އަގުބޮޑެތި ގެތަކާއި ކާރުތަކާއި ގަހަނާއާއި ފޭރާމުން ހިތްފުރުވަމުންދިޔަ ސާހިބެކެވެ. އެހެނަސް އެކަންކަމުން އޭނާއަށް ދުނިޔޭގެ އުފަލެއް ހަޤީޤަތުގައި ނުލިބުނެވެ. ދުނިޔޭގެ ވަގުތީ ދިރިއުޅުމުގައި އެކަމުން ލިބުނު މާބޮޑު ކާމިޔާބެއް ނެތެވެ. މުޅި ޙަޔާތް ބަދަލުކޮށްލީ ދިމާވި ނުރައްކާތެރި ސިއްޙީ ހާލަތެއްގައެވެ.

ބަނާތުގެ ހަށިގަނޑުގައި ކެންސަރު ބަލި ހުރިކަން އެނގުނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ގުނަމުން ދިޔައީ ބަލީގެ ހަތަރުވަނަ ސްޓޭޖެވެ. ނޭނގި ހުއްޓައި ފުއްޕާމެއާއި ކަށިތަކާއި ހަމައަށްވެސް ބަލި ވާސިލުވެ، ބަލި އެނދުގައި އޮންނާން ޖެހުނު ހިސާބަކީ އެއީއެވެ. ދުނިޔޭގެ ތަނަވަސްކަމަކީ ފުރާނައިގެ ނިޢުމަތާއި އަޅާ ބަލާއިރު އެއްވެސް ބުރަދަނެއްހުރި އެއްޗެއް ނޫންކަން އެނގުނު ހިސާބަކި އެއީއެވެ.

ބަނާތުއަށް ވިސްނުނީ ދުނިޔޭގައި ލިބޭ ފައިސާކޮޅަކުން ތަނަވަސް ވުމަކީ، އަދި ތަނަވަސްކަމެއް ނޫން ކަމެވެ. އެހެންކަމުން އެވަގުތުން ފެށިގެން އަޒުމް ކަނޑައެޅީ ސީދާ މަގަށް ރުޖޫޢަވެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކުރާށެވެ. އަދި އެއަށްފަހު ދާއިމީ ހަޔާތުގައި ފުދިގެން އުޅޭ މީހެއްގެ ގޮތުގައި ވުމަށް ބަނާތު އެދެމުންދިޔައެވެ.

ބަނާތު ބުނެފައިވާގޮތުގައި، އޭނާއަށް ސީދާ މަގު ފެނުނީ ކުރިމަތިވި ބަލި ހާލަތުގެ ސަބަބުންނެވެ. އެ ހާލަތަށްފަހު ދުނިޔޭގެ އަރާމުން އުފަލެއް ލިބެން ނެތްކަމާއި، މަރުވުން ކައްވަޅުގައި އޮންނާން ޖެހޭނީ އެކަނިވެރި ހާލުގައި ކަން ވިސްނުނު ކަމަށް އޭނާ ބުންޏެވެ. އެ ދުވަހަކުން އެކުގައިވާނޭ އެއްޗަކީ ހަމަ އެކަނި ދުނިޔޭގައި ކުޅަ ހެޔޮ ޢަމަލުކަން ޤަބޫލުކުރެވުމުން އިސްލާމް ދީން ޤަބޫލުކޮށް ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް އެ ދުވަހަށްޓަކައި ހޭދަކުރާން ބަނާތު އަޒުމް ކަނޑައެޅިއެވެ.

އަލިމަގު ފެނުމުން ބަނާތު ވަނީ އޭނާގެ އަގުބޮޑު މުދާތަކާއި ގެދޮރު ވިއްކާލައި މިލްކިއްޔާތުގައި ހުރި އެތައް މިލިއަން ޑޮލަރެއް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހަދިޔާކޮށް ސަދަޤާތްކޮށްފައެވެ. އެގޮތުން ޔަތީމު ޚާނާތަކާއި މިސްކިތްތަކާއި ގެދޮރުނެތް ނިކަމެތިންނަށް ގެދޮރާއި ސިއްޙީ ފަރުވާދޭ މަރުކަޒުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފަޤީރުންނަށް ކާން ބޯންދީ އެހީތެރިވުމަށް އޭނާ މަސައްކަތް ފެށިއެވެ. އެކަންކަމަކީ އޭނާއަށް ލިބޭ އުފަލެއް ކަމުގައި ހިތޔުގެ އަޑިން ދެކެމުންނެވެ.

މި މަސައްކަތުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ލިބުނު މަދު ދުވަސްކޮޅު ހޭދަކޮށް ބަނާތު ދުނިޔެއަށް އަލްވަދާޢު ކިޔާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އޭނާ ވަކިވެގެން ދިއުން ވެގެންދިޔައީ މުޅި ދުނިޔެއަށްވެސް ލިބިގެންދިޔަ ފުން ހިތާމައަކަށެވެ. އެ ސާލިހު ހިތްތިރި އަދި އޯގާތެރި ފުރާނަ ވަގުތީ މި ޢާލަމުން ގެއްލި ދިޔަނަމަވެސް އޭނާގެ ހަނދާންތައް އެތައް ހާސް ބައެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައި ވެއެވެ. އެ އެންމެންގެ ދުޢާއަކީވެސް ބަނާތުގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވައި އެ ދުނިޔޭގައި އޭނާއަކީ ބާއްޖަވެރިއެއްކަމުގައި ލެއްވުމެވެ.

ބަނާތު މަރުވުމުގެ ކުރިން

"އެކުވެރިންނޭ! ދުނިޔޭގެ މި ވަގުތީ އާލަމަކީ އަޅުގަނޑުމެނަށް ކުރިމަތިވީ އިމްތިހާނެއްކަން ހަނދާން ކުރޭ! މިތަނުގައި އުފަލާއި މަޖަލުގައި އުޅުމަށްފަހު މަރުވެގެންދާ މީހަކާއި އެކު އުފާވެރިކަމެއް ނުވޭ. ދުނިޔޭގެ މަދު ފައިސާކޮޅަކުން ލިބޭ ހިތްހަމަޖެހުމަކީ އުފަލެއް ކަމުގައި ނުދެކޭ! ދުނިޔޭގެ އުފާ ހާސިލް ކުރުމުގެ ބަދަލުގައި އާޚިރަތް ބާއްޖަވެރިކޮށް އެދުވަހަށް ތައްޔާރުވުމަށް ނަސޭހަތްތެރިވަން. ހަޤީޤީ ކާމިޔާބު ލިބެން އޮތީ އޭރުން،" ބަނާތުގެ އެންމެ ފަހުގެ މެސެޖުގައި އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢާއި

  އާމީން

 2. ތުނިޔަ

  ރޮވިއްޖެ! މާތްﷲ ބަނާތުގެ ހެޔޮ އަމަލުތަށް ގަބޫލު ކުރައްވާ ފާފަ ފުއްސަވާ، ޖައްނަތުން ފިރުދައުސް މިންވަރު ކުރައްވާށި! ޢާމީން.

  • ބުލޫ

   އާމީން.

  • މީ

   އާމީން

  • ނުރަބޯ

   އާމީން.

  • ހުން

   ޢާމީން

 3. ޙުސައިން މ. މުލި

  ޢާމީން

 4. ބޭރި

  އާމީން

 5. އޭއާރް

  އާމީން ! ބާނާތު ﷲއަށް ރަހުމަތް ލައްވާށި.

 6. ޢަލީ

  އާމީން

 7. ވިސްނާ

  އާމީން ބަނާތު އަށް ހެޔޮ ރަހުމަތް ލައްވާން ދޭވެ

 8. ާހައިދަރު

  ޢާމީން