މީސް މީޑިއާއަށް ދެވި ހިފުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވެފައިވާ ސަލާމަތްވުމަށް ދަތި ވަބާއެކެވެ. މި ވަބާގައި އަހަރުމެންގެ ތެރެއިންގެ ގިނަ ޒުވާނުން ޖެހިފައިވާއިރު، ގިނަ ގުޅުންތައް އަދި ކައިވެނިތަކެއް މިހާތަނަށް މިކަމުގެ ސަބަބުން ވަނީ ރޫޅިގެން ގޮސްފައެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މީސްމީޑިއާއަށް ދެވިހިފާފައި ހުރި މީހަކާ ހެއްޔެވެ؟ އަހަރުމެންގެ ތެރޭގައި އެންމެ ގިނައިން ބޭނުން ކުރަމުންދާ މީސްމީޑިއާ ޕުލެޓްފޯމްގައި އިންސްޓާގުރާމް ކަމުގައި ވާނެއެވެ. މިގޮތުން އިންސްޓާގުރާމް އިން ތިބާގެ ބައިވެރިޔާ އުޅޭ ނޫޅޭ ގޮތް އިނގޭ ހެއްޔެވެ.އަދި މީގެ އިތުރުން ފޭސްބުކް ގައި ކުރާހާ ކަމެއް ތިބާގެ ބައިވެރިޔާ ލިޔެއުޅޭ ހެއްޔެވެ؟ ތިބާގެ ޖަވާބަކީ އާއެކޭ ނަމަ ތިބާ ވިސްނާލާށެވެ.

މީސްމީޑިއާގެ އަވައިގަ ޖެހި ބައިވެރިޔާގެ ފަރާތުން އަޅާލުން ނުލިބުމަކީ ގިނަ ފަހަރަށް ކޮންމެ މީހަކުވެސް ހިތްދަތިކަން ގެނެސްދޭ ކަމެއްވެސް މެއެވެ. ތިބާ ގުޅިގެން އުޅޭ ތިބާގެ ބައިވެރިޔާ އަކީ މީސްމީޑިއާގެ އަވާގައި ޖެހިފައިވާ މީހެއް ކަމުގައި ވަނީ ނަމަ އެގުޅުން މާގިނަ ދުވަހަކަށް ދެމިގެނެއް ނުދާނެއެވެ.

އެގޮތުން އެފަދަ ބައިވެރިއަކާ އެކީ އުޅޭ އިރު ދިމާވާނެ ބައެއް އުނދަގޫ ތަކަށް ބަލާލާނަމެވެ.

ތިބާގެ ބައިވެރިޔާ ގާތު ބުނެލަން ވަރަށް މުހިންމު ވާހަކައެއް އޮވެގެން އެވާހަކައެއް ހިއްސާ ކުރަމުން ދާ ވަގުތުގައި ވެސް މީސް މީޑިއާއަށް ދެވިހިފާފައި ހުރި މީހަކުކަމުގައި ތިބާގެ ބައިވެރިއާ ވާނަމަ ތިބާގެ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނުން ކޮންމެވެސް ކަމަކާ ވެގެން އޭނާ އުޅޭނެއެވެ. އެފަދަ މީހުން މީސްމީޑިއާގެ އެކި ޕުލެޓްފޯމް އެއްފަހަރާ ބޭނުން ކުރާނެއެެވެ. އަދި ތިބާގެ ވާހަކަ ތަކަށް އެއްވެސް ވަރެއްގެ ޝައުޤުވެރިކަމެއް ތިބާގެ ބައިވެރިއާއަކަށް ނުދެވޭނެއެވެ. ގިނަފަހަރަށް މިފަދައިން ކަންތައް ވެގެން ދިއުމުގެ ސަބަބުން ތިބާ އަކީ ތިބާގެ ބައިވެެރިޔާަގެ ކުރިމަތީގައި މުހިންމު މީހެއް ނޫން ކަން ތިބާ އަށް އިހުސާސް ވެގެންދާގޮތްވެއެވެ.

މީސްމީޑިއާަށް ދެވިހިފާފައިވާ މީހެއް ކަމުގައި ތިބާގެ ބައިވެރިއާ ވެފައިވާނަމަ އަބަދުވެސް ކޮންމެވެސް ކާއެއްޗެއްގެ ތަސްވީރެއް އޭނަ ބޭނުން ކުރާ މީސްމީޑިއާގެ ޕުލެޓް ފޯމް އަކުން އެންމެނަށް ދައްކާލާނެއެވެ. ތަނަކަށް ކާން ދިއުމަށް ފަހުވެސް ކެއުން ކުރިޔަށް ގެންދިއުމުގެ ބަދަލުގައި އެ ކާ އެއްޗިސް ތަކުގެ ތަސްވީރު ނަގައި އެކިއެކި ގޮތްގޮތުން އެ ތަސްވީރު މީހުންނަށް ދައްކާލާނެއެވެ. ދެއްކުން ތެރިކަން މި މީހުންގެ ލޭގައި ހުންނަނީ ހިފާފައެވެ. ތިބާގެ ބައިވެރިއާ އަށް މުހިންމު ކަމެއް ޖެހިގެން ތިބާ ގުޅާލިކަމުގައި ވިޔަސް ތިބާގެ ފޯނަކަށް ޖަވާބެއް ނުދޭނެއެވެ. އޭނަގެ އެދުވަހުގަ ކުރަން ނިންމާފައި ހުންނަ ކަންތައް ވެސް ތިބާ އަކާ ހިއްސާއެއް ނުކުރާނެއެވެ.އޭގެ ބަދަލުގައި މުޅި ދުނިޔެއަށް އޭނަ މީސް މީޑިއާގެ ޒަރިއްޔާއިން އިއުލާން ކޮށްލާނެއެވެ.މުޅި ދުނިޔެއަށް އޭނަ އުޅޭ ނޫޅެގޮތް އިނގޭނެއެވެ. މިފަދައިން ކަންތައް ވެގެން ދިއުމުން ތިބާގެ ބައިވެރިޔާ މަތިން ފޫހިވެ ރުޅި އަންނަ ގޮތް ދިމާވެއެވެ.

މުޅި ދުނިޔެއަށް މީސްމީޑިއާއަށް ދެވިހިފާފަ ތިބޭ މީހުންގެ ހުރިހާ ކަމެއްހެންމެ އިނގޭނެއެވެ. އެފަދަ މީހެއްކަމުގައި ތިބާގެ ބައިވެެރިޔާ ވަނީނަމަ ތިބާ އާއި ޖެހޭ މައްސަލަތަކަށް ބިނާކޮށް ކޮންމެ ވެސް އެއްޗެއް އޭނަ ގެންގުޅޭ މީސްމީޑިއާގެ ޕުލެޓްފޯމް އެއްގަ ޖަހާލާނެއެވެ. ތިބާ ބައިވެރިޔާ އާއި އެކީ ހޭދަ ކުރާ ވަގުތުތަކާއި ދާ ތަންތަން ތިބާގެ ބައިވެރިއާ މީސްމީޑިއާގައި އިއުލާން ކޮށްލާނެއެވެ. އެކަމުގައި ހިތްހަމަ ނުޖެހުނުކަމުގައިވިޔަސް ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

މީސްމީޑިއާއަށް ދެވިހިފާފަ ހުރި މީހެއްކަމުގައި ތިބާގެ ބައިވެރިއާ ވަނީނަމަ ފެންވަރަން ވަންނަ ވަގުތު ފާހާނާ ގައި ގިނަވަގުތު ހޭަދަ ކުރާނެއެވެ. މި ފަދަ މީހުންނަށް ފާހާނާ ތަށިގަނޑު މައްޗަކީ މި މީސްމީހުން މީސްމީޑިއާގެ އެކި އެކި ކަންތައްތައް ފޯނުން ބަލާލަން އެންމެ ކަމުދާވެސް ތަނެވެ. ތިބާގެ ބައިވެރިއާ ފާހާނާ އިން ނިކުންނަން ދެން ތިބާ އިންތިޒާރުގައި ހުންނަން ޖެހެއެވެ. މިފަދަ މީިސްމީހުން މީސްމީޑިއާ ބޭނުން ކުރަނީ ފޯނުން ކަމުގައި ވެގެންދާއިރު ފޯނުގެ ބެޓަރީ އާމެދު އެމީހުން ވަރަށް ވެސް ވިސްނައެވެ. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ފޯނުގެ ޗާޖް ހުސްނުވަނީސް އެކަން ކުރެވޭނެ ތަނަކަށް ދާން އަވަސް ވެގަންނާނެއެވެ. ގިނަ ފަހަރަށްތިބާއަށް ފޯނުގެ ޗާރޖަރަކީ ތިބާގެ ބައިވެރިޔާ ގެ ނޭވާ ލާން ބޭނުން ކުރާ އޮކްސިޖަން ކަމުގައި ހީވާ ހިސާބަށް ދާނެއެވެ.

މީސްމީޑިއާގެ މި ނުރައްކާތެެރި ވަބާ އިން ތިބާގެ ބައިވެރިއާ ސަލާމަތް ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ތިބާގެ ބައިވެރިއާ ކައިރީގަ އިށީނދެގެން ހުރެ ރުޅި އިސްނުކޮށް މަޑުމަޑުން ތިބާގެ ބައިވެެރިއާ ގެ ފަރާތުން ދިމާވާ މިފަަދަ ހިންހަމަނުޖެހުން ތައް ކިޔާ ދިނުމުންނެވެ. ދެމީހުންވެސް އެއްބަސްވެ ގަވާއިދު ތަކެއް ހަދައި މީސްމީޑިއާ ބޭނުން ކުރާނެ ވަގުތެއް ކަނޑަ އަޅާނީ އެވެ. މިގޮތައް ކަންތައް ކުރަން ވަގުތު ނަގާނެއެވެ. ތިބާގެ ބައިވެރިއާއި ތިބާ އެކަކު އަނެކަކުގެ ބަހަށް އިޙްތިރާމްކޮށް އެއްބަހެއް ކިޔައިފިއްޔާމުން ނުކުރެވޭނެ އަދި ހުއްޓާ ނުލެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.