އިންޑިޔާގައި އަންހެނަކު އޭނާގެ ދެ އަންހެން ދަރިން މަރައިލައިފިއެވެ.
މިކަންކޮށްފައި ަނީ އޭނާގެ ފިރިމީހާ ވެސް ބައިވެރިވުމާއި އެކުގައެވެ.
މި ދެމަފިރިން އެމީހުންގެ ދަރިން މަަރައިލުމަށް ބޭނުން ކޮށްފައިވަނީ ކަސްރަތު ކުރުމަށް ބޭނުންކުރާ ޑަމްބެލްތަކެކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕަޑްމަޖާއާއި އޭނާގެ ފިރިމީހާއަކީ އިންޑިޔާ ސުކޫލެއްގެ ޕްރިންސިޕަލުންނެވެ. މި ދެމަފިރިން މަރާލައިފައިވަނީ އެމީހުންގެ ދެ އަންހެން ދަރިން ކަމަށްވާ އަލެޚްޔާ (27) އާއި ސައި ދިވިޔާ (22) އެވެ.
އެ ދެ ކުދިން މަރައިލީ ކީއްވެތޯ މިދެމަފިރިންނާއި ސުވާލު ކުރުމުން ބުނެފައިވަނީ އެ ކުދިން އަލުން ދިރޭނެތީވެ ކަމަށެވެ. ހަގީގަތެއް ނެތް ''ސްޕަރނެޗުރަލް'' ކަންކަން ގަބޫލު ކުރުމުގައި ހައްދު ފަހަނަ އަޅާފައިވާ މި ދެމަފިރިން ބުނެފައިވަނީ އެ ކުދިން މަރައިލީ އިރު އެރުމުގެ ކުރިން ކުދިން އަލުން ދިރޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފުރަބަންދު ތެރޭގައި ވެސް މި ދެމަފިރިންގެ އުޅުން ހުރީ ވަރަށް ތަފާތު ކޮށެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެގޭގެ އަވަށްޓެރިން ފުލުހަށް ޚަބަރު ކޮށްފައިވަނީ އެ ގޭގެ ތެރެއިން އާދަޔާ ޚިލާފު އަޑުތަކަކާއި ރުއިމުގެ އަޑު އިވޭތީއެވެ.
މަރުވި ދެ ކުދިންގެ ފުރާނަ ނެތް ހަށިގަނޑު އެ ގޭގެ ތެރެއިން ފުލުހުން ހޯދައި ގެންދަން އުޅުމުން އެމީހުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެއީ އަނެއް ދުވަހަށް އިރުއަރަންވާއިރަށް އެކުދިން ދިރޭނެތީ ކަމަށް ވެސް އެ ދެމަފިރިން ބުނެފައިވެއެވެ.
މިދެމަފިރިން މިހާރު ތިބީ ފުލުހުންގެ ބެލުމުގެދަށުގައެވެ. އަދި މަރުވި ކުދިންގެ ހަށިގަނޑުތައް ވަނީ ތަހުގީގަށް ފޮނުވިފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ދެން ލަލަލަ! މިއޮތީ އަންނިގެ އިންޑިޔާ ބިލިވްއެއް. މީގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގަ ހަތްފަރު ދުނިއަށް އާދެޔޯ! އެއީ ތެދެއްތަ އަންނި؟
ޙެކް ކަލޭ މޮޔަވީ ކޮންއިރަކު؟
އަލުންދިރޭނެކަމަށް ބަލައިގެން ދެމަފިރިން އަމިއްލައަށް މަރުވިނަމަދޯ
އަލުން އެއްމެން ދިރުއްވާނެ ދުވަހެއް އައްނާނެ ، މުސްލިމުންނަށް އެގޭނެ އެކަން އެއީ މުޅި ކާއިނާތުގެ ރައްބު ﷲ ސުބުހާނަހޫ ވަތައަލާ އެކަލާނގެ އަޅުންނަށް އެދުވަސް ޔާޤިނުންވެސް އަންނާނެކަން ވައުދުވެވޮޑިގެންފައިވާ ދުވަހެއް، ތިމީހުން ތިއުޅުނީމާއަވަހަށް ބާތިލް ގޮތަކުން އެކަން ކުރަން