ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގެ ތަރި ނިކް ޖޯނަސްގެ ކައިވެންޏަކީ މި ގަރުނުގެ ވެސް އެންމެ ބޮޑު އެއް ކައިވެންޏެވެ. 28 އަހަރުގެ ނިކް އާއި 38 އަހަރުގެ ޕްރިޔަންކާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައި އެވެ. ކައިވެނީގެ ދެ ހަފްލާއެއް ޕްރިޔަންކާ އާއި ޖޯނަސް ބާއްވާފައިވާއިރު ފުރަތަމަ ކައިވެންޏަކީ އިންޑިޔާގެ ޖޮދްޕުރް ގެ ތާޖް އުމައިދް ބަވަން ގަނޑުވަރުގައި ބޭއްވި ހިންދީ ކައިވެންޏެކެވެ. ދެވަނަ ކައިވެންޏަކީ ނަސާރާ ކައިވެންޏެވެ.

ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުންނަކީވެސް މަސައްކަތުގައި ވަރަށް އަވަދިނެތި އުޅޭ މީހުންނާށް ވާއިރު ޕްރިޔަންކާ ބުނީ އެކުގައި 6 މަސް ދުވަސް ހޭދަކުރަން ފުރުސަތު ލިބުނީ، ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކުރުމުން ކަމަށެވެ.

އޭނާ ބުނީ ސޮފީ ޓަރނާ އާއި ޖޯ ޖޯނަސް އާއި ދެ މީހުންނާއި އެކުވެސް ވަގުތު ހޭދަކުރަން ފުރުސަތު ލިބުނު ކަމަށާއި، އެ މީހުން ދިމާވާ އިރު ބޮޑެތި ޕާޓީތައް ވެސް ބާއްވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްގެން އުޅޭތާ މިހާރު ދެ އަހަރު ވެފައި ވާއިރު، މި ދެމަފިރިންނަކީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުރި ދެމަފިރިން ނަމަވެސް، ދެމަަފިރިންވެސް ދަނީ، ކައިވެނި މަތީގައި ދެމިތިބެމެ، އެތައް މިސާލެއް ދައްކަމުންދާ ބައެކެވެ.

ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުން ދިރިއުޅެމުން ގެންދަނީ ލަންޑަންގައެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ޕްރިޔަންކާ އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުން ފެންނަ ކުޅަދާނަ އެކްޓަރެކެވެ.