ބޮލީވުޑު އަދި ހޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، އޭނާ ކުޑައިރު ކަޅުކަމުން ދޮންވުމަށް ޓެލްކަމް ފުށް ޖެހި ކަމަށާއި އެކަމާއި މިހާރު ދެރަވާ ކަމަށް އޭނާ ބުނެފިއެވެ.

ޕްރިޔަންކާ ބުނެފައިވަނީ ކުޑައިރު އޭނާއަށް ހީވެފައި އޮންނަނީ ކަޅުވީމާ އެއީ ރީތި މީހެއް ނޫން ކަމަށެވެ. އެހެންކަމުން ރީތި މީހަކަށް ވުމަށްޓަކައި ވަރަށް ގިނައިން ފުށް ޖަހައި ކަމަށާއި އަދި ތަފާތު ކްރީމްތައް ބޭނުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެކަންކަމާ ދެރަވާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެއެވެ.

ދޮންވުމަށާއި ރީތިވުމަށް ބޭނުންކުރާ ތަފާތު ކްރީމްތަކާައި ފުށްތައް އިޝްތިހާރު ކުރުމުގައި އުޅެވިފައިވާތީ އެކަމާ ''ރިގްރެޓް'' ކުރާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެއެވެ. އަދި މިހާރު އެފަދަ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުން ހުއްޓާލައިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވުމަށާއި ހަށިގަނޑަށް ޕޮޒިޓިވްކޮށް ބެލުމަށް މިހާރު ކުރެވެމުންދާ ބަހުސްތަކާއި ގުޅިގެން ޕްރިޔަންކާ ބުނެފައިވަނީ އެފަދަ ކްރީމްތައް އިޝްތިހާރު ކުރެވިފައިވާތީ ދެރަވާ ކަމަށާއި ވަކީން ހާއްސަކޮށް އިންޑިޔާ ފަދަ ގައުމެއްގައި އެކަން ކުރެވިފައިވާތީ ދެރަވާ ކަމަށެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުންނަކީ މިފަދަ ކްރީމްތައް އިޝްތިހާރު ކުރާ އިޝްތިހާރުތަކުން ފެންނަ ބައެކެވެ. މިހާރު މިކަން ހުއްޓާލައިފައިވީ ނަމަވެސް ޕްރިޔަންކާ ވެސް މި ލިސްޓުގައި ހިމެނެއެވެ.

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި އޭނާގެ ދެބެއިންގެ ދެދަރިން ހުރިހާ ކުދިންނަކީ ވެސް ވަރަސް ދޮން ބައެކެވެ. އެހެންކަމުން އުމުރުން 13 އަހަރުގައި އޭނާ ވެސް ދޮންވުމަށް ދޮންވާ ކްރީމްތައް ބޭނުން ކުރީ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫސް

    ދެން ދޮން ވާންވެގެން ފައުންޑޭޝަން އަޅައި މޭކަޕްކުރަނީޔޯ. އަނެއްކާ އަނެއް ދެފުށްކެހެރި