އިންޑިއާގައި މަސްތުހާލުގައި ހުރި ފިރިހެނަކު ބޮޑު މާސިންގާ ކިނބުލަކާއި ވާހަކައްކަން އިން މަންޒަރު ފެންނަ ވީޑިއޯއެއް އެތައް ބައެއްގެ ސަމާލުކަމަށް މި ވަނީ އައިސްފައެވެ.

އަވި ވަރަށް ބޮޑަށް ގަދަވެފައިވާ ގަޑިއެއްގައި ގުޖްރާރްގެ ކަރްޖަން ޓައުންގައި ޕަންކަޖް ޕަޓެލް ނަމަކަށް ކިޔާ އެ މީހާ އެ ކިނބުލާއި ވާހަކަދައްކަން މަޑުކޮށްގެން ހުރީ ފެންގަނޑެއް ކައިރީގައެވެ. އެ ކިނބޫގެ ދިގުމިނުގައި އަށް ފޫޓު ހުންނާނެ އެެވެ.

ބޮޑު މާސިންގާ އެ ކިނބޫ ކައިރީގައި ހުރެގެން އޭނާ ވާހަކަދައްކާއިރު، އޭނާ އެ ކިނބޫގެ ގައިގައި ފިރުމާވެސް ހަދަައެވެ. އާއްމުން ތިބީ އެކަމާއި ވަރަށް ބޮޑަށް ބިރުން ކަމަށް ވެއެވެ. އަދި އޭނާއަށް ގެއްލުމެއް ވެދާނެތީ އާއްމުން ކަންބޮޑުވެ އެ ކިނބޫ ކައިރިން ދުރަށް ދާން އެދުނު ކަމަށްވެސް ވެއެވެ.

އެހެން ނަމަވެސް މީހުން ދެއްކި ވާހަަކަތައް އޭނާ އަހާފައެއް ނުވެއެވެ. އެކަން ނިމުމަށް އައިސްފައި ވަނީ އެ ކިނބޫ ގޮސް ފެންގަނޑަށް އެރުމުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ، އެ މީހާ އެ ކިނބުލާއި ވާހަކަދައްކަމުން މުހާތަބު ކުރީ އެއީ މަންމަގެ ގޮތުގައި ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  އަހަރެމެން ޤައުމުގެ އެންމެން ކިނބުލަކާ ވާހަކަދައްކަމު! އެ ކިނބޫ އަނގަ އޮންނަނީ ބައިތުލްމާލުން ކާންވީމާ އެކަނި!

  24
  5
  • ވަގު

   ބައިތުލްމާލު ކެއި މީހާ އޮތީ ގޮޅީގަ. ހުސޭނުބެ އަނެއްކާ ޖެހިގެން އޮތް ގޮޅީގަ އޮވެ ވަގަށް ފޯނު ބޭނުންކުރަނީ ދޯ

   11
   9
  • ހުސޭނު

   އެންމެނޭ ކިޔައިގެން ދޮގު ފަތުރަނީ ކައްޒާބު ހުސޭނުބެ ދޯ. ނޫނީ ގައުމުގެ އެންމެން ތިކިޔަނީ ހުސޭނުބޭގެ އަނބި ދަރިންނަށްތަ؟ އަނެއްކާ ތީ ހުސޭނުބެ ކިޔާ ކިނބުލަކީތަ؟

   9
   9
 2. ފުތާބެއްޔާ

  މިގައުމުގަ ވެސް ގިނަ ރައީތުން ތިބީ ސިޔާސީ މަސްތުގަ ޖެހި ކިނބުލަކާ އެކީ، އެ ކިނބޫ ދައުލަތުގެ ބައިތުލްމާލު ކާލާއިރުވެސް ކިނބުލަށް ސަނާ ކިޔާލަ ކިޔާލަ. އެންމެ ފަހުން ފެންނާނީ ރައީތު މީހާވެސް ކާލައިގެން ފިލާތަން.

  14
  7
 3. Anonymous

  ދިވެހި ރާއްޖޭގެ ބައިތުލްމާލު ހުސްކޮށް ބަނޑަށް އެޅިމީހާ އޮތީ ޖަލުގެ ކުޑަ ގޮޅީގައި. ދުވަހަކުވެސް ސަލާމަތް ނުވާނެ. މިކަލޭގެ އާއި މިކަލޭގެ ކަދުރުއަނބި ކަލޭގެ އާއި މިކަލޭގެ ދަރީންނާއި ދަރީންގެ ދަރީން މި ބައިތުލްމާލު ބަނޑަށް އެޅީ.ލާހިކައެއްނޫން ދެބް ތިއާއިލާ އެއްވެސް މީހަކަށް ރާއްޖޭގެ ވެރިކަމަށް އަރާކަށެއް. ދެން ބާރަށް ރޯލާ.

  4
  9