އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ފޮޓޯތައް އިންޓަނެޓާއި މީސްމީޑިއާގެ އެކިއެކި ތަންތަނުން އަބަދާއި އަބަދު ފެންނަ އިރު އެ އާއިލާގެ މަޖާ އަދި ފެންނަން ބޭނުން ނުވާ ފަދަ ގޮތަކަށް ތިއްބާ ހުރި ފޮޓޯތައް މަދުވާނެއެވެ. މިފަދަ ގިނަ ފޮޓޯތަކެއް ފެންނާނީ މަދު ފަހަރަކުން ކަން ވެދާނެއެވެ.

1- ރާނީ އެލިޒަބަތު ކަމަކާ ކަންބޮޑުވެފައި

ފޮޓޯ: ގެޓީ އިމޭޖަސް

މިއީ ރާނީ އެލިޒަބަތު ރޯޔަލް ވިންޑްސަ ހޯސް މުބާރާތަށް ވަޑައިގަތް ދުވަހެއްގެ ފޮޓޯއެކެވެ. މިއީ ވިންޑްސަ ކާސަލް ގައި ބޭއްވި ޝޯއެކެވެ. ރާނީ މި ޝޯއަށް ވަޑައިގެން ކޮންމެވެސް ހިސާބެއްގައި ހުންނެވީ ކަމަކާ ހިތްހަމަނުޖެހިފައެވެ.

ޕްރިންސް ވިލިއަމް ކުޑައިރުގެ ފޮޓޯއެއް

ފޮޓޯ: ގެޓީ އިމޭޖަސް

ކެންސިންގްޓަން ޕެލެސްގައި ޕްރިންސް ވިލިއަމް ކުޑައިރު ނަގާފައިވާ މި ފޮޓޯގައި ފެނިގެން ދަނީ ޕްރިންސް ވިލިއަމް ފޮޓޯއަކަށް ހުއްޓިގެން ހުންނަ މަންޒަރެވެ. މިއީ ޕްރިންސް ވިލިއަމް އަށް އެންމެ ދެ އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ.

ޕްރިންސް ޗާލްސް އާއި ކެމިލާ ޖަނަވާރުންނާއެކު

ފޮޓޯ: ގެޓީ އިމޭޖަސް

ނޯފޮލްކްގައި ހުންނަ ރާނީގެ ތަރިކައިގައި ބޭއްވި ސަންޑްރިންހަމް ފްލާވާ ޝޯގައި މި ފެނިގެން ދަނީ ޕްރިންސް ޗާލްސް އާއި ކެމިލާ ބޮޑު ބާޒަކަށް ބިރުފުޅުން އުޅުއްވާ މަންޒަރެވެ.

ޒާރާ ޓިންޑަލްގެ ފޮޓޯއެއް

ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

މިއީ ލަންޑަނުގެ ސެއިންޓް ޖެމްސް ގަނޑުވަރުގައި ބޭއްވި ލެގޮސް ފެޝަން ހަފްތާއަށް ވަޑައިގެން ޕްރިންސް ޗަލްސް ހުންނެވި މަންޒަރެވެ.

ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ ފޮޓޯފުޅެއް

ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ އިން ފެންނަނީ ޕްރިންސް ހެރީ އަށް ޕްރިންސް ވިލިއަމް ހިނގަން ދަސްކޮށްދޭ މަންޒަރެވެ. މިއީ 1985 ވަނަ އަހަރު ކެންސިންޓަން ގަނޑުވަރުގައި ނަގާފައިވާ ފޮޓޯ އެކެވެ.

ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ

ފޮޓޯ: ގެޓީ އިމޭޖަސް

މި ފޮޓޯ އިން ފެނިގެން ދަނީ ޕްރިންސް ވިލިއަމް ޕްރިންސް ހެރީ އަށް ޕިއާނޯ ކުޅެން ދަސްކޮށްދޭ މަންޒަރެވެ. މިފަދަ ފޮޓޯތަކުން ވިލިއަމް އާއި ހެރީގެ ކުޑައިރުގެ ދިރިއުޅުން ފެނިގެން ދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު