ބޭނުންވާނެ ތަކެތި

300ގ ބޯންލެސް ޗިކެން ½ ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި) 1 މިރުސް 1 ½ ސސ ޖިންޖަރ ގާލިކް ޕޭސްޓް ކޮރިއެންޑާ އަދި މިންޓް ފަތް އޯލް ސްޕައިސް ޕައުޑާ ނުވަތަ މަސާލާ ޕައުޑަރ ½ ޖޯޑު ފާރޮށި ކުނޑި ރަހަލާވަރަށް ލޮނު 3 ބިސް ނުވަތަ ބިހުގެ ބަދަލުގައި 1/4 ޖޯޑު ފުށް

ތައްޔާރު ކުރާނެ ގޮތް

ކުކުޅު ކޮޅު ރަނގަޅަށް ރޯފިލުވާލަން ކައްކާލަށެވެ. ރަނގަޅަށް ރޯފިލުމުން މިކްސަރަށް އަޅައި ރަނގަޅަށް ފުނޑުކޮށްލާށެވެ. ފިޔައިކޮޅާއި މިރުސްކޮޅު އަދި އޯލް ސްޕައިސް ޕައުޑަރ / މަސާލާ ޕައުޑަރ ކޮޅާއި ކޮރިއަންޑާ ފަތްކޮޅު ވެސް އޭގެ ތެރެއަށް އަޅާއި މިކްސަރުން ގިރާލަށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ތައްޓަކަށް އޮއްސާލައި، ފުށް ނޫނީ ބިސް އެއްކޮށްލާށެވެ. ބިސް ނުވަތަ ފުށް އަޅާނީ މަޑުމަޑުން ފަހަަރަކު އެތިކޮޅަކުންނެވެ. ފެން ނާޅައި ރަނގަޅަށް މޮޑެލާށެވެ. ރަނގަަށް މޮޑެލުމަށްފަހު ހެޔޮވަރު ވަރަކަށް ގުޅަޖަހާލާށެވެ. ފުށް ކޮޅަކާއި ލޮނުކޮޅެއް ނޫނީ ބިހާއި ލޮނު އަޅައިގެން ބެޓަރ އެއް ތައްޔާރުކޮށްލުމަށްފަހު ގުޅަތައް އެއަށް އަޅައި ފާރޮށި ކުނޑިއާއި އެއްކުރާށެވެ. ފާރޮށި ކުނޑިތައް ކަޓްލަސް ތަކުގައި ރަނގަޅަށް ތަތްކުރަންވާނެއެވެ. މި ކަޓްލަސްތައް ތެލުލާލާށެވެ. ރޯދަ ވީއްލާ ގަޑި އަށް ރަނގަޅުވާނެއެވެ.