ކޮވިޑް-19 ބަލީގެ ދެ މީހަކު މަރާލި އިޓަލީ ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެ މީހަކު މަރާލި މައްސަލާގައެވެ. އޭނާ އެ ދެ މީހުން މަރާލާފައިވަނީ އެ މީހުން ތިބި އެނދު ހުސް ކުރުމުގެ ބޭނުމުގައެވެ.

ލޮމްބާޑީގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ކަރްލޯ މޮސްކާ ނަމަކަށް ކިޔާ އުމުރުން 47 އަހަރުގެ އެ ޑޮކްޓަރު ވަނީ މިިދިޔަ މާރިޗް މަސް ތެރޭގައި އުމުރުން 61 އަހަރުގެ މީހަކާއި، އުމުރުން 80 އަހަރުގެ މީހެއްގެ ގަޔަށް ލީތަލް ޑޮޒް އޮފް އަނެސްތެޓިކްސް ޖަހާފައެވެ.

ނަރުހުންނާއި ވަަޓްސްއެޕް މެދުވެރިކޮށް ކުރި ދެކެވުނު ވާހަކަތަކަށް ބަލާއިރު މޮސްކާ ބަލި މީހުން މަރަމުން ދިޔައިއީ، އެ އެނދުތައް ހުސްކުރުމުގެ ބޭނުުމުގައެވެ. އޭނާއަކީ އެއިރު އޭ އެންޑް އީ ވޯޑްގެ އިންޗާޖަކަށްވެސް ހުރި މީހާ އެވެ.

މިހާރު ފުލުހުން ދަނީ، އިތުރު ތިން މަރެއްގެ ހަގީގަތްވެސް ބަލަމުންނެވެ. ފުލުހުން ތުހުމަތުކުރާގޮތުގައި، އޭނާ ވަނީ އެ މަރުގެ ހަގީގަތް އޮޅުވާލާފައެވެ.

މޮސްކާ ހައްޔަރުކޮށްފައި ވަނީ މަންޓުއާގައި ހުންނަ އޭނާގެ ގޭގައެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރެއެވެ.

އޭނާ މަރާލި 67 އަހަރުގެ މިހާ މަރުވެފައި ވަނީ މާރޗް 20 ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން 80 އަހަރުގެ މީހާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާފީ

    ރާއްޖޭގައި ވެސް މިފަދަ ޑޮކްޓަރުން ތިބޭނެ.

    8
    7
  2. ފަލޫޑަ

    މިތާ ތިޔަހެން ހެދިޔަސް ބެލޭނެ ގޮތެއް ނެތް ދުއްތަ