ކަރީނާ ކަޕޫރު އާއި ސައިފް އަލީ ހާންގެ އުމުރުން އެންމެ 15 މަަހުގެ ތައިމޫރަށް އިންޑިއާގެ މީޑިއާ އިން ވަނީ ބޮޑު ސަމާލުކަމެއް ދީފައެވެ. އިނގިރޭސިވިލާތުގެ މީޑިއާ އިން ޝާހީ އާއިލާގެ ކުދިންނަށް ދޭވަރުގެ ސަމާލުކަމެއް އިންޑިއާގެ މީޑިއާ އިން ތައިމޫރަށް ވަނީ ދީފައެވެ. އެއީ މައިންބަފައިންގެ މަޝްހޫރުކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި ތައިމޫރަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ތައިމޫރު ރީތިވެފައި ލޯބިކަމުންނެވެ.

މިފަހަރު އަނެއްކާވެސް ތައިމޫރު މީޑިއާގެ ސުރުހީތަކަށް އަރާފައިމިވަނީ ގަވައިދުން ސްކޫލްގެ ޖިމަކަށް ދާން ފެށުމުންނެވެ. ކުޑަކުދިންނަށް ހާއްސަ ޖިމަށް ތައިމޫރު ދާން ފަށާފައި ވާއިރު ތައިމޫރު ދާ ޖިމަކީ ކޮންމެ ހަފްތާއަކު އެއް ދުވަހު ރަސްމީ ކްލާސްތައް އޮންނަ ޖިމެކެވެ. ބޭނުން ނަމަ ކޮންމެ ދުވަހަކު ވެސް ޖިމަށް ގޮސް ކުޅެން އުޅެވިދާނެއެވެ.

ތައިމޫރުގެ ޖިމަކީ ވަރަށް އަގުހެޔޮ ޖިމެއް ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެއެވެ. އެގޮތުން ތިން މަސް ދުވަހަށް ރަޖިސްޓްރީ ކުރާނަމަ ދައްކަން ޖެހެނީ 15000 އިންޑިއަން ރުޕީސްއެވެ. ހަމަސް ދުވަހަށް ރަޖިސްޓްރީ ކުރާނަމަ ދައްކަން ޖެހެނީ 22000 ރުޕީސް އެވެ. އެއް އަހަރު ދުވަހަށް ރަޖިސްޓްރީ ވާނަމަ ދައްކަން ޖެހެނީ 47000 ރުޕީސް އެވެ.

މިޖިމްގައި ތައިމޫރަށް އޮންނާނީ ހިނގުމާއި ދުވުމުގެ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހަށިގަނޑަށް ގެނުވާނެ ކުޅިވަރުތައް ކުޅުން ކަމަށް ވެއެވެ.