އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އެ ގައުމުގެ ރައީސްކަމުގެ ހުވާކުރެއްވީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވައިލައި ދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްއެވެ. އަދި ބައިޑަން ހުވާ ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ނައިބް ރައީސް ކަމަލާ ހަރިސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ޖޯ ބައިޑެން ވެރިކަމަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްއަކަށް ކުރިން ހުރި ޑޮނާލްޑް ޓްރަމްޕްއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އެމަނިކުފާނު ފާހަގަކުރެވެނީ އެމެރިކާގެ ރައީސުންގެ ތެރެއިން ތަފާތު ރައީސް އެއްގެ ގޮތުގައެވެ. އެގޮޮތުން ބައިޑެންގެ ފެއާވެލް ސްޕީޗުގައި އެމަނިކުފާނަށް ކީރިތިކުރެއްވުމުން އެތައް ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެ ފެއާވެލް ސްޕީޗު ދިނީ އޭނާ މަޤާމުގެ ހުވާކުރެއްވުމުގެ އެއް ދުވަސް ކުރިންނެވެ.

ޒަމާނުއްސުރެ ފިރިހެނުން ރުއިމަކީ ފިރިހެނުން ނިކަމެތިވެ، ފިރިހެންވަންތަ ކަމެއްގެ ގޮތުގައި ފެންނަ ފެނުން ކުޑަކޮށްލުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށް ނަފްސާނީ ދުޅަހެޔޮކަމާއި މެދު ލިޔުންތައް ލިޔަމުންދާ ކޮލަމިސްޓުން ވެސް ދަނީ ބުނަމުންނެވެ. އެގޮތުން އެންބީސީ ނިއުސްގެ ކޮލަމިސްޓް އެންޑްރިއު ރެއިނާ ލިޔުނު ލިޔުމެއްގައި ވަނީ ކީރިތިކުރައްވަން ފެއްޓެވުމުން، އެކަމާއި މެދު މަޢާފަށް ނޭދުމަކީ ބައިޑެން އެމަނިކުފާނުގެ ޖަޒުބާތުތައް ދައްކަން ޖެހިލުން ނުވާކަން ހާމަވި ކަމެއް ކަމަށެވެ. އެކަމުން ބައިޑެން އަކީ ނަފްސާނީ ދުޅަހެޔޮކަމާއި އެކު ފިރިހެނުން ޖަޒުބާތުތައް ފޮރުވުމުގެ ބަދަލުގައި އެކަން ހިއްސާކުރުމުގެ ނަމޫނާ ދައްކަވާ ބޭފުޅެއް ކަމަށް އޭނާ ވަނީ ލިޔުއްވާފައެވެ.

އާންމުންގެ މަގުބޫލު ވޯޓަށް ބައިޑަންއަށް ވަނީ 81 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. މި އަދަދަކީ އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް މިހާތަނަށް ލިބިވަޑައިގެންފައިވާ އެންމެ ގިނަ ވޯޓުގެ އަދަދު ކަމަށް ވީނަމަވެސް މި އިންތިހާބުގެ ނަތީޖާ އެމެރިކާގެ ރައީސް ޓްރަމްޕަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ތުހުމަތުކޮށްފައެވެ.

އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކުރިއަށް ދިޔަ ނަމަ، އިންތިހާބު ކާމިޔާބު ކުރާނީ އޭނާ ކަމަށާ އިންތިހާބު އޮޅުވާލާފައި އޮތް ކަމަށް ބުނެ ކޯޓަށް ވެސް ޓްރަމްޕް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް ކޯޓުން ނިންމާފައި ވަނީ އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އިބޫ ރައީސް

  އަހަންނަކީ ވެސް ވަރަށް ރޮވޭ މީހެއް؟

  14
  2
 2. ރައްޔިތު މީހާ

  ބައިޑަން ކީރިތި ކުރައްވާ ހިސާބަށް ކަންތައް ނުދޭ. މިއީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑު ވަޒީރުގރެ ޒަމާންވީ ދޯސްތެއްގެ ވާހަކަ މި ދައްކަނީ. ބައިޑަން އެމެރިކާގެ ސަރުކާރުގެ ތެރޭގައި އުޅުނުއިރު ވެސް މުސްލިމުންނާއި ދޭތެރޭ ކަންތައް ކޮށްފައި ވަނީ ގޯސްކޮށްކަން ތާރީޚު ބެލީމަ ސާފުކޮށް ފެންނާނެ.

  19
  2
 3. Anonymous

  މީނަވެސް މިކަން ދަސްކޮށްފި

  17
  5
 4. އެމަންޖެ

  މި ދިވެހި ގައުމުގަ އުޅުއްވާ ކިންބުލެއްވެސް އެހައްދުވަހަކު ތިޔަގޮތައް ކީރިތި ކުރެއްވި.

  22
  5
 5. ނޯސް

  ކިނބޫ ކައިރިން ދަސްކުރީ ދޯ

 6. ޖަމަލު ފޮޑި

  ހަމްދަރުދީ ހޯދަންވެގެން..

 7. އަބްދޫ

  އިންސާނާ އަށް ރޮވުމުގަ ބެލެވެނީ އޭނާގެ ހިތް ތިރިކަމާ މަޑުމައިތިރިކަން އަނެކައަށް ރަހުމް ކުރާކަން..އެކަމަކު ރޮވެގިސްލަމުން އަނިޔާ ކުރިޔަށް ނެރޭ މީހުންވެސް ތިބޭ.އެމީހުންގެ ރުއިން ހިމެނެނީ ދެއްކުންތެރިކަމަށް.