ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ކާޑޭޭޝިއަންސް" އިން ވިދާލި މަޝްހޫރު ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ރެޕަ ކާންޔޭ ވެސްޓު ވަރިވާން އުޅޭ ވާހަކައަކީ މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި ހިނގާ އެއް ވާހަކައެވެ.

މި ވާހަކަތައް އެކި މީހުންް ދައްކަމުން އަންނަނީ އެކި ގޮތަށެވެ. ކިމް މިވަނީ އޭނާގެ އިންސްޓަގްރާމުގައި ފޮޓޯއެއް ދޫކޮށްލަމުން "ހަޑި ނުވާތި"އޭ ބުނެ ވަރިއާ މެދު ވަރުގަދަ ބަހެއް ބުނެފައެެވެ. އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯގައި ކިމް މިހެން ބުނެފައި ވާތީ، ގިނަ ބަޔަކު އަންނަނީ އެއީ އޭނާގެ ވަރިއަށް އަމާޒުކޮށް ބުނެލި ބަހެއް ކަަމަށް ބުނަމުންނެވެ.

މި ފޮޓޯ ކިމް ދޫކޮށްލާފައި ވަނީ ފެހި ކުލައިގެ ރީތި ހެދުމެއްގައި ހުރެ މުޅި، ގައިގައި ކޭކު ހޭކިފައި ހުންނަ ފޮޓޯއެއް ދޫކޮށްލަމުންނެވެ. ބެލެެވޭ ގޮތުގައި އެ ފޮޓޯއަކީ ކޮންމެވެސް ވަރުގަދަ ކަމެއް ފާހަގަކުރުމަށް ފަހު ނަގާފައިވާ ފޮޓޯއެކެވެ.

ބޭރުގެ ނޫސްތައް ބުނާ ގޮތުން ކިމް މިހާރު ވަނީ އޭނާގެ އަތުގައި އޮންނަ އަގު ބޮޑު އެންގޭޖްމެންޓު އަނގޮޓިވެސް ނަގައިފައެވެ.

ކިމް އޭނާގެ ފިރިމީހާ 43 އަހަރުގެ ކާންޔޭގެ ފަރާތުން ވަރިވުމަށް ކޯޓަށް ވަރީގެ މައްސަލަ ފޮނުވަން ތައްޔާރުވަމުންދާ އިރު ރެޕް ދުނިޔޭގައި މަޝްހޫރު ކާންޔޭ ބުނީ އޭނާ ކިމްގެ އާއިލާ މަތިން ވަރަށް ފޫހިވާ ކަމަށެވެ. ކާންޔޭ ވަނީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ބައިވެރި ވެފައެވެ. އެ އިންތިހާބުން އޭނާ ވަނީ ބަލިވެ ބޮޑު ލަދެއްގައި ބެދިފައެވެ.

ޕޭޖްސިކްސް ނަމަކަށް ކިޔާ ނޫހަކުން ރިޕޯޓު ކުރާ ގޮތުގައި ކިމް އާއި ކާންޔޭ ވަކިވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މުދާތައް ހަމައަށް ބެހުމުގެ އިންތިޒާމުތައް މިހާރު ކުރިއަށްދާ ކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ. އެ ނޫހުން ރިޕޯޓުކުރާ ގޮތުގައި ކާންޔޭއަށް ކުރިމަތިވި ނަފްސާނީ މައްސަލައެއްގައި ކިމް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވިކަން ފާހަގަ ކޮށްފައި ވެއެވެ.

ކިމް މިހާރު އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރާ މަސައްކަތަކީ އޭނާގެ ބާ އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތެވެ. ގާނޫނީ ވަކީލަކަށް ވުމަށް އޭނާ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.

ކިމް އާއި ކާންޔޭ ފުރަތަމަ ބައްދަލުވެފައި ވަނީ 2004 ވަނަ އަހަރުގައެވެ. ކީޕިން އަޕް ވިދް ދަ ކާޑޭޝިއަންގެ ލަވައެއްގައި ދެ މީހުން ފުރަތަމަ ބައްދަލުވިއިރު ކިމް ހުރީ ޑަމޮން ތޯމަސް އާއި ކައިވެނި ކޮށްގެންނެވެ. ކާންޔޭ އޭރު އުޅުނީ މޮޑެލް އެއް ކަމަށްވާ އެލެސިކްސް ޕިފާ އާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމަ

    މަށަށް ފެންނަ ގޮތްތަ މީ ހަމަ އަޅި ކުލައިގެ ހެދުން. ލިޔުމުގަ އިނީ ފެހި ކުލަ ކަމަށް.

    21
  2. އަހުމަދު

    ކަންޔޭ އަށް ކަމުދަނީ ފިރިހެނުން. މިއީ އެމީހުންގެ އަސްލު ހަގީގަތަކީ. ޔޭ

    15