ދެ މީހަކު ކައިވެނި ކުރަނީ ވަރިވާކަށް ނޫންކަން ޔަގީނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ޒަވާޖީ ހަޔާތް އުފަލުގައި ވޭތުކުރާށެވެ. ކޮންމެ މީހަކު ވެސް ކައިވެނި ކުރަނީ އުފަލާއި ހިތްހަމަޖެހުންމަތީ ހަމަޖެހިގެން ދިރިއުޅުމުގެ ފޮނި އުންމީދާ އެކުގައެވެ. އުފަލާއި ހިތްހަމަޖެހުން ނުލިބޭ ނަމަ އެއްވެސް ކައިވެންޏެއް ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކީ ޒުވާބު ކުރަން ޖެހޭ ނޫނީ ހިތާމަ ކުރަން ޖެހޭ ދުވަހަކަަށް ވެއްޖެ ނަމަ ކައިވެނި ނިންމާލުން އެއީ އެންމެ ރަނގަޅު ގޮތެވެ.

އެގޮތުން ވަރިއާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލުން މުހިންމު ކަންކަން އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ހަޔާތުގައި ބައިވެރިޔާގެ ފަރާތުން ރައްކާތެރިކަން އިހްސާސް ކުރެވުމުގެ އިހުސާސް ނެތި ދިއުމެވެ. ކިތަންމެ ގިނަ ދަރިންނެއް އެ ކައިވެންޏަކަށް ލިބުނު ނަމަވެސް ރައްކާތެރިކަން އިހުސާސް ނުވާ ނަމަ އަވަހަށް ވަރިވާށެވެ.

ތަކުރާރުކޮށް މީހަކު ތިމާ އަށް ބޭވަފާތެރިވުމަކީ އެ މީހަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތި ކަމެކެވެ. ހަޔާތުގައި ބައިވެރިޔާ އަށް ބޭވަފާތެރިވާން ޖެހޭ ގަބޫލު ކުރެވޭ ސަބަބެއް ނުދެއްކޭނެެވެ. ކައިވެނި ކުރި މީހާ މަތިން ފޫހިވާ ނަމަ ނޫނީ ކައިވެނި ކުރި މީހާ ބޭނުން ނެތް ނަމަ ދޫކޮށްލާފައި ދިއުން އެއީ އެންމެ ރަނގަޅު ގޮތެވެ. އެ ގޮތް އިހްތިޔާރުނުކޮށް ސިއްރުން ލޯބިވެރިޔަކު ގެންގުޅޭ ނަމަ އެއީ ތިމާގެ ބައިވެރިޔާ އަށް ކުރާ އިހުތިރާމް ކުޑަ ކަން ދައްކުވައިދޭ ކަމެކެވެ. އެފަދަ މީހަކު ކައިރިން ވަރިވާން ނިންމާ ނަމަ އެއީ ރަނގަޅު ނިންމުމެކެވެ.

ދެން އޮތް ކަމަކީ އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް ނާދެވުމެވެ. މިއީ އެކަކު އަނެކެއްގެ ހިޔާލު ވަރަށް ބޮޑަށް ތަފާތުކަން ނޫނީ ޚިޔާލަށް އިހުތިރާމް ނުކުރެވޭކަން ހާމަވާ ކަމެކެވެ. ކައިވެންޏެއް ކުރިއަށް ގެންދެވެނީ އެކަކު އަނެކަކާ މަޝްވަރާކޮށް ދެމީހުން ބޭނުންވާ ގޮތަށް އެއްބަސްވެގެންނެވެ.

އެކަކު ހުރިހާ މަސައްކަތެއް ކުރުމާއި އެއްވެސް ކަމެއް ހިއްސާ ނުކުރުމަކީ ވެސް ކައިވެނި ދުޅަހެޔޮ ނޫންކަން އެނގޭ ކަންކަމެވެ. އެހެންކަމުން މި ލިޔުމުގައި ހުރި ގިނަ ކަންކަން ހިނގަނީ ގޯސްކޮށް ކަމަށްވާ ނަމަ ވަރި ވުން އެއީ އެންމެ ރނަގަޅުގޮތެވެ. އޭގެ ކުރިން ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލާލުން ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިވާހަކަ ރަނގަޅެ އް ނޫން! ތަޖުރިބާ ހުރި މީހުންނާ ބަ އްދަލު ކޮށްލަ އްވާ! އޭރުން ހަގީގަތް ބުނެދޭނަމެވެ. މި އަދުގެ އަނދިރި ތަ ޢުލީމު ކިޔަވަ އިގެން ތިބި މީހުންނަކަށް ނޭނގޭނެ!

  2. Anonymous

    ގަބޫލު ކުރެވޭވަރުގެ ވާހަަކަ އެއް ނޫން ތީކީ