އިންޑިއާގެ ޝޯތަކުގެ ތެރެއިން ކޮމެޑީ ޝޯއަކަށް އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޝޯއަކަށް ވާނީ ކަޕިލް ޝަރްމާ ޝޯއެވެ. ކަޕިލްގެ އަމިއްލަ ނަމުން ނަން ދީފައިވާ މި ޝޯއަކީ އިންޑިއާގެ ޓީއާރުޕީ އެންމެ ރަނގަޅު ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ. އެހެންކަމަށް ވާއިރު އެ ޝޯ ހުއްޓާލުމުގެ ވާހަކަ ދެކެވުމަކީ އާންމުން ހާސް ނުވެ ނުދާނެ ކަމެއްކަން ޔަގީނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނޫސްތަކާއި މީސްމީޑިއާގައި ވެސް ކަޕިލް ޝަރްމާ ޝޯ ހުއްޓުމަކަށް އަންނަ ކަމުގެ ވާހަކަ ދެކެވުނެވެ. އެއާއެކު ފޭނުން ވަނީ އެކަމާ މެދު ވަރަށް ބޮޑަށް ދެރަވާކަން ހާމަކޮށް ޝުއޫރު ފާޅުކޮށްފައެވެ. ކަޕިލް ޝަރްމާ ޝޯގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ޝޯ ހުއްޓާ ނުލާކަން ޔަގީންކޮށްދީފައެވެ.

ނަމަވެސް ކަޕިލް ޓީވީއާ ދުރަށްދާ ކަމުގެ އަޑުތައް ފެތުރުމުން ފޭނުން ތިބީ ހާސްވެފައެވެ. ކަޕިލް ޝަރްމާ ޝޯގެ ޓީމުން ބުނީ މި ޝޯ މެދުކަނޑާލަނީ އެއް މަސް ދުވަހަށް ކަަމަށާއި އެއީ ޝޯ އަށް ބައެއް ބަދަލުތައް ގެނައުމަށް ކަމަށެވެ. ކަޕިލްގެ އަންހެނުން މިވަގުތު އިނީ ބަލިވެ ކަމަށް ވާތީ އޭނާ ގިނަ ވަގުތު ހޭދަކުރަނީ އާއިލާ އާއި އެކުގައެވެ. މި ޝޯ ދެއަހަރުގެ މުއްދަތަކަށް ޝޯ ކުރިއަށް ގެންދިޔުމަށްފަހު މެދުކަނޑާލި ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ސަބަބުން ޝޯއަށް ލައިވް އޯޑިއަންސް ގެނެވޭ ގޮތް ނުވުން ވެސް ހިމެނެއެވެ.

މިހާރު ސިނަމާގައި އަޅުވާ ފިލްމްތައް މަދު ވުމާއެކު ފިލްމުތަކުގެ ޕްރޮމޯޝަންތައް މަދުވެ ޝޯގައި ތަރިން ބައިވެރި ކުރަން ވެސް ވަނީއުނދަނޣޫވެފައެވެ. ކަޕިލް ޝޯ އެނބުރި އަަންނަ އިރު އެ ޝޯ އިތުރަށް ވަރުުގަދަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު