އައިފޯން އަޕްޑޭޓް ކުރުމަށް އެޕަލް ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެޕަލް ކުންފުނިން އިލްތިމާސް ކޮށްފައި ވަނީ އައިފޯނާއި އައިޕެޑް އަޕްޑޭޓް ކުރުމަށެވެ. އެއީ ހެކަރުންގެ ފަރާތުން ރައްކާތެރިވުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އާ އަޕްޑޭޓުގައި ފިކްސް ސެކިއުރިޓީ ބަގްސް ހިމެނޭނެ ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލްގެ ސަޕޯޓް ވެބް ޕޭޖްގައި ފާހަގަ ކޮށްފައިވާ ގޮތުގައި އާ އަޕްޑޭޓުގައި ތިން ސެކިއުރިޓީ މައްސަލައަކަށް ހައްލު ގެނެވޭނެ ގޮތް ހަދާފައިވާނެއެވެ. އެ ކަންކަމުގެ ތަފްސީލެއް ދީފައި ނުވާއިރު ހެކަރުންގެ ފަރާތުން ސަލާމަތް ވުމަށް އެޕަލް އިން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ.

އަންގާރަ ދުވަހު އެޕަލް އިން ވަނީ އައިއޯއެސް 14.4 ސްފްޓުވެއަ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައެވެ. އާ އަޕްޑޭޓުގެ އެހީގައި ކީބޯޑު ރަނގަޅު ކޮށްފައި ވުމާއި ކެމެރާއިން ކުޑަ ކިއުއާރް ކޯޑުވެސް "ރީޑް" ކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ.

އެޕަލް އިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނީގެ ވެބްކިޓް ގައި ވެސް މައްސަލަ ތަކެއް އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ސަފާރީ އާއި އައިއޯއެސް ބްރައިޒާސް ހެކަރުން ހަމަލާ ދޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެޕަލްގެ އުފެއްދުންތަކުގެ ސެކިއުރިޓީ ވަރުގަދަ ކަމަށް އެ ކުންފުނިން ވަކާލާތުކުރާ އިރު ގޫގުލްގެ ރިސާޗަރުން ފާއިތުވި އަހަރު ވަނީ ގިނަ އަދަދެއްގެ ވެބްސައިޓުން އެޕަލް ގެ ކޯޑުތައް ހުރިކަން ހޯދައިފައެވެ. ނަމަވެސް މިހާރު އެޕަލްގެ އުފެއްދުން ތަކުގައި ބޭނުން ކުރަނީ ބައިމެޓްރިކް އައިޑެންޓިފިކޭޝަން ކަމަށް ވުމުން ހެކް ކުރުމުގައި ކުރިއަށް ވުރެ އުނދަގޫވާނެ ކަމަށް އެ ފަރާތުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު