އިންގްލޭންޑްގެ ޓައުންއެއް ކަމަށްވާ ކެމްބޯރންގައި ދިރިއުޅެމުން އަންނަ ރުޕާޓް އެލިސް އެތަނުން ގެއެއް ގަތީ މީހެއް އަހަރެއްހާ ދުވަސް ކުރިންނެވެ. ކޮފީ ބާރއެއް ހިންގަމުންދާ އެލިސް ބުނިގޮތުގައި، އޭނާގެ ގޭގައި އުޅޭ ޖިންނިތައް އެގޭގައި ފާރުގައި ފޮރުވާފާއި ހުންނަ ސިއްރު ދޮރެއްވެސް އޭނާ އަށް ދެއްކުމަށް ވަނީ އެހީވެދީފައެވެ.

އެެ ގެއަކީ ކުރިން ޓެހިޑީ މިނިރަލް ކޮމެޕްނީގެ ހެޑް އޮފީހެެވެ.

އެލީސް ބުނީ، އެގޭގައި ބިރުވެރި ކަންތައް ވަމުންދާތާ ވަރަށް ދުވަސް ވެދާނެ ކަމަށެވެ. 1832 ވަނަ އަހަރު މަޝްހޫރު ބަސެޓް އާއިލާއިން އެޅި އެ ގޭގައި ބޮކިތައް ދިއްލިފައި ނިވުމާއި، އެއްޗެހި ތަޅާ އަޑާއި، ގޮތްނޭނގޭ ބަޔަކު ހިނގާ އަޑު ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުންޏެވެ.

އެލީސް ބުނިގޮތުގައި، ގޭގައި ހުރި އެ ދޮރު އޭނާއަށް ފާހަގަވެގެން ގޮސްފައި ވަނީވެސް ތަފާތު ގޮތަކަށެވެ.

"ބައެއް މީހުންނާއި ވާހަކަދެއްކިން. އޭގެ ތެރޭގައި އެގޭގައި މަސައްކަތް ކުރަން އުޅުނު މީހަކަށް މުނި މުނި ކާފަ ކިޔާ ކުއްޖެއްގެ ވާހަކަތަކުން އެގެއާ ގުޅޭ ކުރީގެ ވަރަށް ގިނަ ތަރީހީ ވާހަކަތައް ވަނީ އެނގިފައި، އަދި މައިންތައް ބެހެއްޓުމަަށާއި، މިނަރަލް މެޕްސް ބެހެއްޓުމަށް ހަދާފައިވާ އެ ވައުލްޓުގެ ހަގީގަތްވެސް އެނގިގެން ދިޔަ، އެތަން ފޮރުވުމަށް ފާރެއް ރާނާފައިވޭ، އަދި ޕްލާސްޓިކް ބޭނުންކޮށްގެން ފޮރުވާފައިވޭ"،

އޭނާ ބުނީ، އެގޭގައި މަސައްކަތް ކުރި މީހުންނާއި ވާހަކަދެއްކިއިރު، 1980 ވަނަ އަހަރު ތެރޭގައި އެގޭގައި މަސައްކަތް ކުރި މީހަކު އޭގެގައި ހުރި ވައުލްޓް ދޮރެއް ފެނިތޯ އޭނާ ކައިރިން އެހި ކަަމަށެވެ.

"އެ މަސައްކަތުގެ ތެރެއިން އަހަރެން ވަރަށް އުޅުނިން ފާރުގެ އެކި ތަންތަނުގައި ޖަހާ، އެތަން ހުރި ތަނެއް ބަލަށް، އަހަރެންނަށް ކޮންމެވެސް ވަރަކަށް އިނގޭ މި ގޭގައި ޖިންނިތައް އުޅޭކަން". އެލީސް ބުނެފައި ވެއެވެ.

އެ މަސައްކަތުގައި އެލީސް ހަފްތާއެއްހާ ދުވަސް ހޭދަކުރިއެވެ. އެ ވޯލްޓް ހުރިތަން ހޯދަން އުޅުނެވެ.

"އަހަރެން ގޭގެ ކޮޓަރީގެ ފާރުގައި، ފިހާރައިގައި ބޭއްވި އިވެންޓަކުން ގެނައި ޕޯސްޓަރެއް ޖެހިން، އެ ޕޯސްޓަރުގައި ޖަހަފައި އިނީ"އާޔޫ ތިންކިންގ ވަޓް ވީ އާ ތިންކިންގއޭ. އަހަރެން އެ ޕޯސްޓަރު ހަރުކޮށްފައި ހުރު ތަނުގައި ހަތަރު ޓެސްޓު ލޯވަޅު ތޮރުފިން، އަދި އޭގެ ފަހުން މަރުތޭލުން އެތަން ތެޅިން، އެތަނުން އެއްޗެއް ފެންނަންހެން ހީވީމަ، އަހަރެން ދެން އެތަން ތަޅާ ބެލިއިރު، ބެޖެއް ފެނުނު ޓީ ވިތާސް އެންޑް ސަން ޖަހާފައި އިން، މިއާއެކު އެ ވޮއުލްޓް ދޮރު އަހަރެންނަށް ފެނުނީ".

އޭނާ ބުނީ، އެކަމުން ބިރުވެރިކަން ވެރިވެގެން ދިޔައީ އެ ޕޯސްޓާރު އޭނާއަށް އެތަނުގައި ހަރުކުރެވުމުން ކަމަށެވެ. އަދި އެ ޕޯސްޓަރު އެތަނުގައި ހަރުކޮށްފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެ ކަަމަށް އޭނާ ބުންޏެވެ.

އެލީސް ގަބޫލުކުރާގޮތުގައި، އެ ކޮޓަރިއަށް އޭނާގެ ސަމާލުކަން ބޭނުން ވެގެން ކަންކަން އޭގެ ކުރިން ހިނގާާފައި ވެއެވެ.

"ތިން މަސް ކުރިން އަހަރެންގެ ގޭގައި ބޮކި ނިވި ދިއްލޭ ކަންކަންވި، މީއީ އަލަށް ވި ކަންކަމެއް ނޫން، މީގެ ކުރިންވެސް މިފަދަ ކަންކަން ވެފައި އެބަހުރި، އަހަރެންނަށް ކިޔާ ނުދެވޭ އެތައް ކަމެއް މި ގޭތެރޭގައި ހިނގާފައި އެބަ ހުރި". އޭނާ ކުތާފައި ވެއެވެ.

އޭނާ ބުނީ، އޭނާ އެގެއަށް ފުރަތަމަ އައިއިރު ގޭގެ ދޮރު ބާރަށް ޖެހުން ފަދަ ކަންކަން ދިމާވުމާއި، ގޭގައި ރަހުމަތްތިއަކު އުޅުނުއިރު،މީހަކު ހިނގާ އަޑު އިވުން ފަދަ ކަންކަން މެދުވެރިވިއެވެ.

"އަހަރެން ބިރުގަންނަ ވަރުގެ ކަންކަމެއް ނޫން މިއީ، އަހަރެންނަށް ހީވަނީ ޕާޓީއެއްގައި އުޅެވޭހެން".

އެ ވައުލްޓަކީ ބޮޑު ބާރުގަދަ ކޮޓަރީއެއް ކަަމަށް ބެލެވެއެވެ. އެލީ ގަބޫލުކުރާގޮތުގައި، އެތަނުގެ ޕްލާސްޓާގެ ފުރަގަހުގައި އެެއްޗެހިތަކެއް ފޮރުވިފައި ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    އެތަން ދައްކަން ޖިންނި ކުރި ކަމެއް ނޭނގުނު.

    49
  2. ށއފ

    މަގޭ ގަމާރު ކަމުން ކަންނޭގެ..
    މަށަކަށް ނޭޭގުނު ވީނުވީ

    60
  3. ސަކީ

    ވާނުވާއެއް ނޭނގުނު