ބައެއް ފަހަރަށް އެމީހަކު ލޯބިވާ މީހަކަށްޓަކައި ނުވަތަ އެމީހަކު ބޭނުންވާ މީހަކަށްޓަކައި ކިތައްމެ އަގުބޮޑު ހަދިޔާ ގަތުމަށް ވެސް ފަސްނުޖެހެވެއެވެ. މިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބަޔަކީ ބޮލީވުޑުގެ ފަންނާނުންނެވެ.
އަގުބޮޑެތި ހަދިޔާތައް ހަދިޔާ ކޮށްފައިވާ ބޮލީވުޑުގެ ފަންނާނުން
ޝާހުރުކް ޚާން
ފާއިތުވި އަހަރުތަކުގައި ޝާހުރުކް ޚާން ވަނީ އޭނާގެ ލޯބިވާ މީހުންނަށް އަގުބޮޑު އެތައް ހަދިޔާއެއް ދީފައެވެ. ޗާހު ވަނީ ހާލޭ ޑޭވިޑްސަން މޮޓޯ ބައިކެއް އަބީޝެކް ބައްޗަންއަށް ދީފައެވެ. މާސިޑީޒް ބެންޒް ކާރެއް ޑައިރެކްޓަރ ފަރަހް ޚާނަށް ދީފައެވެ. މީގެއިތުރުން ފިލުމު ރާވަންގެ ޓީމުގެ ރަޖްނީކާންތު، އަރުޖުން ރާމްޕާލް އަދި އަނުބާވް ސިންހާއަށް ދީފައިވަނީ އެއް ކްރޯރް ރުފިޔާގެ އަގުބޮޑު ބީއެމްޑަބްލިޔު ކާރުކަމަށް ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓްތަކުގައިވެއެވެ.
ސަލްމާން ޚާން
ސަލްމާން ޚާނަކީ އޭނާގެ އަންހެން ކޮއްކޮ އަރްޕިތާ ޚާން ދެކެ ވަރަށް ލޯބިވާ ފަންނާނެކެވެ. އަރްޕިތާއާއި އަޔުޝް ޝަރުމާގެ ކައިވެނި ކުރެވުމުން ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ސަލްމާން ދީފައިވަނީ 16 ކްރޯރް ރުޕީސްގެ ފުލެޓަކާއި 4 ކްރޯރް ރުޕީސްގެ އަގުބޮޑު ހުދުކުލައިގެ ރޯލްސް ރޮއިސް ފެންޓަމް ކާރެކެވެ.
ސަލްމާން ޚާން ވަނީ ބަތަލާ ޖެކުއެލިން ފެނާންޑަޒްއަށް ބެންޑްރާއިން 3 ކޮޓަރީގެ ފުލެޓަކާއި އެކު އޮޑީ ބްރޭންޑުގެ ކާރެއް ވެސް ހަދިޔާ ކޮށްފައެވެ.
ސިދާތު ރޯއީ ކަޕޫރު
ބަތަލާ ވިދްޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއީ ކަޕޫރު ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ވިދްޔާއަށް ދީފައިވަނީ 14 ކްރޯރް ރުޕީސްގެ ގެއެކެވެ.
އާދިތްޔާ ޗޯޕްރާ
ރާނީ މުކަރްޖީގެ ފިރިމީހާ އާދިތުޔާ ޗޯޕްރާ ރާނީ މުކަރުޖީއަށް ހަދިޔާ ކޮށްފައިވަނީ 1.25 ކްރޯރް ރުޕީސްގެ އަގުބޮޑު އޮޑީ އޭ8 ޑަބްލިޔު12 ގެ ކާރެކެވެ.
ޔޫޓިއުބް އިން ހަބަރު ހަދާ ބައެއް
މީދެން ކޯންޗެއް؟