ވިއެޓްނާމްގެ ޖަންގަލީގެ މެދުގައި ފޮރުވިފައި ހުރި ސަން ޑޫންގްގެ ނަމުން ނަން ދެވިފައިވާ ހޮހޮޅައަކީ ދުނިޔޭގެ އެންމެ ބޮޑު ހޮހޮޅައެވެ. މި ހޮހޮޅައަކީ 40 ފަންގިފިލާގެ އުސް އިމާރާތަކާއި އެއްވަރު ތަނެކެވެ.

އާދައިގެ ގޮތަކަށް ފެނުނު މި ހޮހޮޅަ އާންމުންނަށް ހުޅުވާލައިފައިވާތާ މިހާރު އަށް އަހަރުވެއްޖެއެވެ. މި ހޮހޮޅަ ތެރޭގައި ''މޭޒް'' ތަކާއި ފުން ވަޅުގަނޑުތަކާއި އެތައް މިލިއަން އަހަރެއް ވެފައިވާ ހިލަ އާއި ގައު ފަދަ ތަކެތި ވެސް މި ހޮހޮޅައިގައި ހުރެއެވެ.

ނުވަ ކިލޯ މީޓަރު ދިގުމިނުގައި ހުންނަ މި ހޮހޮޅައިގައި 150 ކުދިކުދި ހޮހޮޅަވަރުވެއެވެ. ޖަންގަލީގެ ތެރޭގައި ހުންނަ މި ހޮހޮޅައިގެ ތެރޭގައި ބިމު އަޑީގެ ކޯރުތައް ހުންނަ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ހޯ މިންކް ފުހް ނަމަކަށް ކިޔާ މީހަކު ޓޯޗު ބައްތީގެ އަލިން، އަނދިރީގައި މި ހޮހޮޅައިގައި ހިނގާފައި ދިޔައިރު ހޮހޮޅައިގެ ތެރޭގައި ހުރި ބޮޑެތި އިމާރާތްވަރުގެ ގައުތައް ރީތި ތަރުތީބަކުން އެތުރިފައިވާ ކަމަށް ބުނެފައިވެއެވެ.

ހޯ މިންކްއަކީ ވިއެޓްނާމްގެ ސަން ޑޫންގް ހޮހޮޅަ ބަލައިލަން އަންނަ ފަރާތްތަކަށް ހޮހޮޅަ ދައްކައިލުމުގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

މި ބޮޑު ހޮހޮޅައިގައި މޫސުމް ބަދަލުވާ ގޮތާއި މިތަނުގައި އުޅޭ ދިރޭ އެއްޗެއްސަކީ ވެސް ތަފާތު އެއްޗެހި ތަކެއް ކަމަށް ހޯ މިންކް ބުނެފައިވެއެވެ.

މިތަނުގެ އެންމެ މަޝްހޫރު ކަމަކީ 70 މީޓަރަށް ދެމިގެންދާ ގޮތަށް މައްޗަށް އެރޭނެހެން ކުއްތާއެއްގެ ފައިތިލައިގެ ބައްޓަމަށް އެތުރިފައި ހުންނަ ގައުތަކެވެ.

ހޯން މިންކް ފަދަ އަތްމަތި ދަތި މީހުން އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް އާމްދަނީ ހޯދުމަށް މި ހޮހޮޅައިގައި މަސައްކަތް ކުރެއެވެ

ކިޔުންތެރިންގެ ހިޔާލު