އާޖެންޓިނާގައި މަރުވެގެން އެންދުމަށްޓަގައި ގެންދިޔަ އަންހެނަކު، މަރުނުވާކަން އެނގުނީ އެންދުމަށްޓަކައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އުމުރުން 89 އަހަރުގެ އެ އަންހެން މީހާ މަރުނުވާކަން އެނގުނީ އޭނާގެ އަންހެން ދަރިފުޅަށެވެ. އޭނާއަށް އެވަގުތު މަންމަގެ ގައިން ދިރިހުރި ކަމުގެ ނިޝާންތައް ފެންނަން ފެށުމުންނެވެ.

އެ އަންހެން މީހާއަކީ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިދިޔަ ހޮނިހިރު ދުވަހު މޭގަނޑުގައި ރިއްސާތީ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ އަނެެއް ދުވަހު ޑޮކްޓަރުން ވަނީ، އޭނާ މަރުވެއްޖެ ކަމަށް ނިންމައި އުމުރުން 54 އަހަރުގެ އެ އަންހެން މީހާގެ އަތަށް މަންމަ މަރުވި ކަމުގެ ސެޓްފިކެޓް ދީފައެވެ. އެ ސެޓްފިކެޓްގައި ލިޔެފައި ވަނީ އެ އަންހެން މީހާ މަރުވީ ކާޑިކެޓް އެރެސްޓެއްގައި ކަަމަށެވެ.

އަދި އެ އަންހެން މީހާގެ ޖަނާޒާ އެކަންތައް އެކަމަށް ހާއްސަ ތަނެއްގައި ކުރިއަށްގެންދަން ގެންދިޔައެވެ. އެ މީހުންގެ އޮންނަ ގޮތަކީ މަރުވާ މީހުންގެ ހަށިގަނޑު އެންދުން ކަމުން އޭނާގެ ހަށިގަނޑުވެސް އަންދަން ގެންދިޔައެވެ. އެހެން ނަމަވެސް އެ އަންހެން މިހާގެ ދަރިފުޅަށް ވަނީ މަންމަ މަރުނުވާ ކަމުގެ ނިޝާންތައް އެ ހަށިގަނޑުން ފެނިފައެވެ. އަދި ވަގުތުން އެކަން ހުއްޓުވަން އެންގިއެވެ.

އަދި އެ އަންހެން މީހާ ވަނީ އާއިލާގެ ދެން ތިބި މީހުންނަށް އަންގާ މަންމަ މަރުނުވާ ކަން ކަށަވަރުކޮށްދީފައެވެ.

"އަހަރެން އަންގަން ބޭނުންވަނީ މަންމަ މަރުނުވާކަން އެކަން އެނގުނީ އަންދުމަށްޓަކައި ލާ ކޮޓަރިއަށް ލީ ފަހުން އަހަރެމެންނަށް މަންމަގެ ހަށިގަނޑުން މަންމަ މަރުނުވާ ކަމުގެ ނިޝާންތައް ފެނުނު، އަހަރުމެން މިހާރު މި ދަނީ ކްލިނިކަށް". އާއިލާ މީހަކަށް އެއަންހެން މީހާގެ ދަރިފުޅު ފޮނުވި މެސެޖުގައި ވެއެވެ.

އެ އަންހެން މީހާ ވަގުތުން ވަނީ ޕްރައިވެޓް ކްލިނިކަކަށް ގެންގޮސްފައެވެ. އޭނާ އަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

މިހާރު މިކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.