ފޯބްސްއިން އެންމެ ފަހުން ނެރުނު ލިސްޓުގައި، މިއަހަރު މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާ ސޯފިޔާ ވަގަރާ އަކީ އޭނާގެ ރީތި ކަމަށް މަޝްހޫރު އަންހެނެކެވެ. ސޯފިއާއަކީ އޭނާގެ ތަފާތު ހަށިގަނޑާއި ޒުވާންކަމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. ނަމަވެސް ސޯފިއާ ވެސް ހޮލީވުޑްގައި ހޭދަ ކުރާ ދުވަސްތަކަކީ މުޅިއަކުން ފަސޭހަ ދުވަސްތަކެއް ނޫނެވެ.

ސޯފިޔާ ވަނީ އިނގިރޭސިން ވާހަކަ ދައްކާ ގޮތުން ވަރަށް ބޮޑަށް މަލަމާތް ރައްދުވާ ކަމާއި އެކަމާ ހުރެ ބުލީގެ ޝިކާރައަކަށްވީ ކަން ހާމަކޮށްފައެވެ. އަދި އެލެންޑިޖެނެރެސް ފަދަ ބޮޑެތި ބައެއް ތަރިންގެ ފަރާތުން ވެސް ބުލީ ކުރުމުގެ މައްސަލަ ދިމާވާކަން އޭނާ ފާހަގަކުރިއެވެ. އޭގެ ސަބަބުން އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ވެސް ބަދަލު އައިކަން އެއީ ސޯފިޔާ ފާގަކުރިކަމެކެވެ.

ސޯފިޔާ ވަނީ މީގެ ކުރިން އެލެންގެ ބުލީކުރުމުގެ ޝިކާރައަކަށް އޭނާ ވީކަން މީޑިއާގައި ހާމަކޮށްފައެވެ. އެ ދުވަސްވަރަކީ އެލެންގެ އަހުލާގީ މައްސަލަތަކެއް މީޑިއާގައި ފެންމަތިވެގެން އައި ދުވަސްވަރެކެވެ. ސޯފިޔާ ވަނީ އެފަދަ ކަންކަން މިހާރުވެސް ހިނގާ ކަމަށާއި ގިނަ މީހުން އެއީ ހިނގާ ކަމެއްކަން ގަބޫލުކުރަން ބޭނުން ނުވާ ކަމަށް ވެސް ބުނެފައެވެ.

ކާމިޔާބު ބަތަލާ ސޯފިޔާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ''މޮޑަން ފެމެލީ'' އަދި ''އެމެރިކާސް ގޮޓް ޓެލެންޓް'' ޝޯއިންނެވެ. މި ޝޯގެ ކޮންމެ އެެޕިސޯޑަކަށް ސޯފިޔާއަށް 500،000 ޑޮލަރު ލިބެއެވެ. އަދި މި ޝޯގެ ކޮންމެ ސީޒަންއަކަށް 10 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު