އެމެރިކާގެ މީހަކު އޭނާ ވަޒީފާ އަދާ ކުރަމުން އައި އޮފީހުން ކަނޑާލުމުން ތަނުގެ އިސްވެރިޔާ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި ސޫރީގެ ސިޓީއެއް ކަމަށްވާ ފްލޮރިސެންޓްގައި ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން ބުނީ، އޭނާ ވަޒީފާ އަދާ ކުރަމުން އައީ ކުޑަކުދިން ބަލަހައްޓާ ގެއެއްގައި ކަމަށާއި އޭނާގެ އެންމެ އިސްވެރިޔާ ގަޔަށް ބަޑި ޖަހައި މަރާލާފައިވަނީ ވަޒީފާއިން ކަނޑާލުމުން ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

މީހަކު ގަސްތުގައި މަރާލި ކަމުގެ މައްސަލައިގައި އުމުރުން 53 އަހަރު ކްރިސްތޮފާ އޮވެންސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ހައްޔަރު ކުރުމަށް ފަހުލުން އެ ހާދިސާ ހިނގި ސަރަހައްދަށް ދިޔައިރު އެތަނުގައި އޭނާ ނެތް ކަމަށާއި ފަހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެހެން ސަރަހައްދަކުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ބޮޑު މީހާ މަރާލި ކަމަށް އޭނާ މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ފުލުހުން ވަނީ ބަޑި ޖެހުމުގެ ހާދިސާ ހިނގާފައިވަނީ އޭނާ ވަޒީފާއިން ވަކި ކުރި ފަހުން ކަން ކަށަވަރު ކޮށްދީފައެވެ.

އޭނާ ވަޒީފާ އަދާ ކުރަމުން އައީ ބުނާ ގޮތް ނަހަދައިގެންނާއި ހަލަބޮލިކޮށް އުޅޭ ކުދިން ބަލަހައްޓަމުން އައިސްފައިވާ ގެއެއްގައެވެ.

މި މައްސަލައިގައި އޭނާ މިވަގުތު ބަހައްޓާފައި ހުރީ އެސްޓީ ލުއިސް ކައުންޓީ ޖަލުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    ދެން އިތުރަށް ވަޒީފާއިން މީހުން ވަކި ކުރަން އޭނާ ނުހުންނާނެ..