ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރަނގަޅުވި އުމުރުން 97 އަހަރު އަންހެނަކަށް މީސްމީޑީއާގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ލިލީ އެބާޓްއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އޭނާ އަކީ ދެ ވަނަ ބޮޑު ހަނގުރާމާގައި ސަލާމަތްވެފައިވާ މީހަކަށް ވުމުންނެވެ. ދެ ވަނަ ބޮޑު ހަނގުރާމާގައި "ދި ހޮލޮކާސްޓް" ނުވަތަ "ޝޯއަ"ގެ ނަމުގައި ނަން ދީގެން 1941 ވަނަ އަހަރުން ފެށިގެން 1945 އަހަރަށް ކުރިއަށް ގެންގޮސްފައިވަނީ ވިލާތުގެ ދެބައި ކުޅަ އެއްބައި މީހުން މެރުމުގެ ޕްރޮގްރާމެކެވެ.

ލިލީއަކީ އޭގެ ތެރެއިން ސަލާމަތްވެފައިވާ ހުރި މީހެކެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި މިވަގުތު ބަލިން ރަނގަޅުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ ބަލިން ރަނގަޅުވެފައި ވާނީ ވެކްސިނެއްގެ ސަބަބުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ލިލީ ބަލިން ރަނގަޅުވެފައިވާކަން ހާމަ ކޮށްފައިވަނީ އޭނާގެ ދޮން ދަރި ޑޮވް ފޯމަންއެވެ. އޭނާ ވަނީ ލިލީގެ ފޮޓޯއެއް ޓުވިޓާގައި އާންމުކޮށް އެއީ ބަލިން ރަނގަޅުވެގެން ލިލީ ހިނގަން ފެށި ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ.

ލިލީގެ ފޮޓޯ ޓުވިޓާގައި އާންމު ކުރުމުން 17،000 އަށްވުރެ ގިނަ މީހުން ވަނީ އެ ޓުވީޓު ރީޓުވީޓު ކޮށްފައެވެ. އަދި 2.6 ލައްކައަށްވުރެ ގިނަ މީހުން ވަނީ އެ ޓުވީޓަށް ލައިކު ދީފައެވެ. އޭނާ ބަލިން ރަނގަޅުވުމުން ގިނަ ބަޔަކަށް ވަނީ އުއްމީދު އާވެފައެވެ. އޭނާ ވަނީ އުމުރު ކިތަންމެ ބޮޑުވި ނަމަވެސް ބަލިން ސަލާމަތް ވެވޭނެ ކަން މުޅި ދުނިޔެއަށް ދައްކައިފައެވެ.

އެންބީސީ ނޫހުން މައުލޫމާތު ދޭ ގޮތުގައި އެބާޓްގެ މަންމަ، ބޭބެ އަދި ދައްތަ ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި "ނާޒީ" މެން އަތުން މަރުވެފައެވެ. އޭނާ އަކީ އެތަނުގައި ހަދާފައިވާ ކޭމްޕްތަކުގައި ހަތަރު މަސް ވަންދެން އުޅެފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު